DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު އޮލީ ހައްޔަރުކޮށްފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
މާރޗް 29, 2026
0
ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު އޮލީ ހައްޔަރުކޮށްފި
0
SHARES
69
VIEWS
Share on FacebookShare on Twitter

ނޭޕާލްގައި މިދިޔަ އަހަރު ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އާއި ކުރީގެ ހޯމް އެފެއާޒް މިނިސްޓަރު ރަމޭޝް ލެޚާކް ހައްޔަރުކޮށްފިއެވެ.

މި ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ، މިދިޔަ އަހަރު އޮލީގެ ސަރުކާރު ވައްޓާލުމަށް ހިންގި ލޭއޮހުރުވުންތަކަށްފަހު ބޭއްވި ފުރަތަމަ އިންތިޚާބު ކާމިޔާބުކުރެއްވި ބަލެންދްރާ ޝާހް އާއި އޭނާގެ ކެބިނެޓް ހުވާ ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.

ކަތުމަންޑޫ ވެލީގެ ފުލުހުންގެ ތަރުޖަމާނު އޯމް އަދީކާރީ އިއްޔެ ވިދާޅުވީ، އިއްޔެ ހެނދުނުގެ ވަގުތެއްގައި އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވާ ކަމަށާއި، މި މައްސަލައިގެ ތަހުގީގާއި ގާނޫނީ މަރުހަލާތައް ކުރިއަށްދާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. ”ދަ ކަތުމަންޑޫ ޕޯސްޓް“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 74 އަހަރުގެ އޮލީ ހައްޔަރުކުރީ ވެރިރަށް ކަތުމަންޑޫގެ ސަބާބް ބަކްތާޕޫރުގައި ހުންނަ އޭނާގެ އަމިއްލަ ގެއިންނެވެ. ހޯމް އެފެއާޒް މިނިސްޓަރު ލެޚާކް ވެސް ހައްޔަރުކޮށްފައި ވަނީ ބަކްތާޕޫރުގެ ސަރަހައްދަކުން ކަމަށް އޭނާގެ ޕާސަނަލް ސެކްރެޓަރީ ޖަނަކް ބައްޓާ ކަށަވަރުކޮށްދީފައިވެއެވެ.

މި ހައްޔަރުކުރުންތަކާ ގުޅިގެން ނޭޕާލްގެ މިހާރުގެ ހޯމް މިނިސްޓަރު ސުދާން ގުރުންގް ވިދާޅުވީ، މިއީ އެއްވެސް މީހެއްގެ ކިބައިން ބަދަލުހިފުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށާއި، މިއީ ގައުމުގައި އިންސާފު ގާއިމުކުރުމުގެ ފެށުން ކަމަށެވެ.

ނޭޕާލްގައި މި ހަމަނުޖެހުންތައް އުފެދުނީ ސޯޝަލް މީޑިއާ ކުރު މުއްދަތަކަށް މަނާކުރުމާ ގުޅިގެންނެވެ. ނަމަވެސް، ގައުމުގައި އޮތް އިގްތިސާދީ ދަތިކަމުގެ ސަބަބުން މި މުޒާހަރާތައް މުޅި ގައުމަށް ފެތުރިގެންދިޔައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 8 އިން 9 އަށް ކުރިއަށްދިޔަ މި މުޒާހަރާތަކުގައި ގާތްގަޑަަކަށް 77 މީހުން މަރުވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ރައްޔިތުންގެ މަޖިލީސް ކުރާ ގެއާއި ސަރުކާރުގެ ބައެއް އޮފީސްތަކުގައި އަލިފާން ޖަހާފައެވެ.

އޮލީގެ ސަރުކާރު ވެއްޓުމަށްފަހު އެކުލަވާލި ވަގުތީ ސަރުކާރުގެ ކޮމިޝަނަކުން ވަނީ މި ގަތުލުއާންމުގެ ޒިންމާ އޮލީ އާއި އިސް އޮފިޝަލުން އުފުލަންޖެހޭނެ ކަމަށް ބުނެ، އެ ބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް ލަފާދީފައެވެ. ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަޑިޖަހަން އޮލީ ސީދާ އަމުރުކުރައްވާފައި ނުވި ނަމަވެސް، ހިނގަމުންދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް ހުއްޓުވުމަށް އޭނާ އެކަށީގެންވާ މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ.

މި ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން އޮލީ ވިދާޅުވެފައިވަނީ، މުޒާހަރާގެ ބައިވެރިންނަށް ބަޑިޖެހުމަށް ސަލާމަތީ ބާރުތަކަށް އޭނާ ދުވަހަކުވެސް އަމުރުކުރައްވާފައި ނުވާނެ ކަމަށެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily