DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އިންކަމް ޓެކްސް ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
އޭޕްރިލް 14, 2026
0
މިދިޔަ މަހު މީރާއަށް އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިއްޖެ
0
SHARES
201
VIEWS
Share on FacebookShare on Twitter

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން، އިންކަމް ޓެކްސް ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން މިއަދު އާންމުކޮށްފިއެވެ.

މީރާއިން ވިދާޅުވި ގޮތުގައި، މި ލިސްޓުގައި ހިމެނެނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އިންކަމް ޓެކުހާއި، ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކެވެ. މިއީ ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ ހާއްސަ އުސޫލުގެ ދަށުން އާންމުކުރި ލިސްޓެކެވެ.

މިއަދު ޝާއިއުކުރި މި ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކެވެ. މީގެ ތެރޭގައި ކުންފުނިތަކާއި އެ ނޫންވެސް ވިޔަފާރި ކުރާ ފަރާތްތައް ހިމެނޭކަން މީރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، އެ ފަރާތްތަކަށް ފޯނުގެ ޒަރިއްޔާއިން ގުޅައި، ޓެކްސް ނުދެއްކުމުން ޤާނޫނީގޮތުން ކުރިމަތިވެދާނެ އަދަބުތަކާއި އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް މީރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، އެސްއެމްއެސް މެދުވެރިކޮށްވެސް އެ ފަރާތްތަކަށް އެކަން އަންގައި ތަކުރާރުކޮށް ހަނދާންކޮށްދީފައިވާނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

ދައުލަތަށް ލިބެންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމަށްޓަކައި މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެއްވެސް ތަފާތު ކުރުމެއްނެތި އަޅަމުންދާނެ ކަމުގެ އިންޒާރުވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ. އަދި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބަޔާން ހުށަހަޅައި، ޓެކްސް ފައިސާ ދެއްކުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، އެއްފަހަރާ ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް، މީރާއާއެކު ވާހަކަ ދައްކައިގެން އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily