މާލެ، ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ގުޅުވައިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަ ފެތުރި ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވައި، ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ”އަދަދު“ ނޫހުން އެމަނިކުފާނާ ގުޅުވައިގެން ދާދިފަހުން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއަކާ ގުޅިގެން، އެ ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެ ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް އަމާޒުކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
އަދި އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރި ހުރިހާ ފަރާތްތަކަކަށް ދައުވާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.






ދައުވާނުކޮށް ތިހުރީ ބަޔަކުސުވާލުކުރަންދެންތަ އަޖައިބު އަންތަރީސް ވާވަރުވޭ ރައީސް އެއްގެ އަބުރުވިއްޔަ ދައުވާ ކުރާކަށް ވެސް ނުކެރޭނެ.