DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ބީއެމްއެލްއިން އުކުޅަހުގައި ބްރާންޗަކާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
އޯގަސްޓް 21, 2025
0
ބީއެމްއެލްއިން އުކުޅަހުގައި ބްރާންޗަކާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި
0
SHARES
9
VIEWS
Share on FacebookShare on Twitter

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. އުކުޅަހުގައި އަލަށް ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތްތައް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އުކުޅަހުގައި ޤާއިމުކުރި ބީއެމްއެލް އިސްލާމިކް ބްރާންޗާއި ޑޮލަރު އޭޓީއެމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބު، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ވަނީ ބްރާންޗާއި އޭޓީއެމް ހުޅުއްވައިދެއްވުމަށް ފަހު އެތަން ބައްލަވާލައްވާފައެވެ.

ޑޮލަރު އޭޓީއެމް ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮލަރު އޭޓީއެމުން ރަމްޒީކޮށް ފައިސާ ނެންގެވިއެވެ. އަދި މި ބްރާންޗާއި އޭޓީއެމް ހުޅުވުމުގެ ހަނދާނުގައި އުކުޅަހު ކައުންސިލަށް ހާއްސަ ހަނދާނީ ފިލާއެއްވެސް ރައީސް ވަނީ ހަވާލުކޮށްދެއްވާފައެވެ. މި ހަނދާނީ ފިލާ ކައުންސިލުގެ ފަރާތުން ބަލައިގަތީ އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމެވެ.

އުކުޅަހުގައި މިހާރުވެސް ދިވެހި ރުފިޔާގެ މުޢާމަލާތްތައް ކުރެވޭ އޭޓީއެމްއެއް ހުރިއިރު، އަލަށް ޤާއިމުކުރި ޑޮލަރު އޭޓީއެމްއަކީ 24 ގަޑިއިރު ފައިސާ ނެގޭ އަދި ޖަމާ ކުރެވޭ އޭޓީއެމްއެކެވެ. ބީއެމްއެލް އިސްލާމިކް ބްރާންޗު މެދުވެރިކޮށް ބޭންކިންގ ހުރިހާ ޚިދުމަތެއްވެސް އާންމުންނަށް ލިބިގެންދާނެއެވެ.

އަލަށް ހުޅުވި ބްރާންޗާއި އޭޓީއެމްއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ގެސްޓް ހައުސް ޓުއަރިޒަމްގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ އުކުޅަހުގައި ބޭންކުގެ ޚިދުމަތް ފުޅާވެގެން ދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި ޚިދުމަތްތަކުގެ ސަބަބުން އުކުޅަހާއި ކައިރި ރަށްރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ތަރައްގީއަށް އެހީތެރިވެ، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މާލީ ހައްލުތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

މާލެއިން ބޭރުގައި ބީއެމްއެލްއިން ޑޮލަރު އޭޓީއެމް ހުޅުވި 5 ވަނަ ރަށަކީ އުކުޅަހެވެ. މީގެ ކުރިން ކ. މާފުށި، އައްޑޫސިޓީ ހިތަދޫ، ކުޅުދުއްފުށި ސިޓީ އަދި ތޮއްޑޫގައި ވަނީ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. ސަރުކާރާއި ގުޅިގެން ބީއެމްއެލްއިން ފަށާފައިވާ މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢުގެ ތެރެއިން، ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެފައިވާ ރަށްތަކުގައި މި ޚިދުމަތް ޤާއިމުކުރަމުން ދެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ، މިހާރު އެ ބޭންކުން ރާއްޖޭގެ 20 އަތޮޅެއްގައި 42 ބްރާންޗެއް މެދުވެރިކޮށް ޚިދުމަތް ދެމުންދާނެ ކަމަށެވެ. އަދި 144 ސެލްފްސަރވިސް ބޭންކިންގ ސެންޓަރުގެ އިތުރުން 202 އޭޓީއެމް މިހާތަނަށް ބެހެއްޓި ޚިދުމަތް ދެމުންދާކަން ބީއެމްއެލްއިން ފާހަގަކުރެއެވެ. ބޭންކުގެ އަމާޒަކީ އޮންލައިން ބޭންކިންގ ހިދުމަތާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

Tags: ރައީސް ޑރ. މުހައްމަދު މުއިއްޒުބީއެމްއެލް

Related Posts

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

ސެޕްޓެމްބަރ 26, 2026
ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ސެޕްޓެމްބަރ 24, 2026
ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ސެޕްޓެމްބަރ 17, 2026
ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ސެޕްޓެމްބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily