DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ޒަކާތު ފަންޑުން ފަގީރުންނަށް އެހީވުން ފުޅާކުރުމުގެ މަސައްކަތް ފަށައިފި

މުހައްމަދު އާސިފް by މުހައްމަދު އާސިފް
އޯގަސްޓް 23, 2025
0
ޒަކާތު ފަންޑުން ފަގީރުންނަށް އެހީވުން ފުޅާކުރުމުގެ މަސައްކަތް ފަށައިފި
0
SHARES
9
VIEWS
Share on FacebookShare on Twitter

ރާއްޖޭގައި ފަގީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން ދެވޭ އެހީތެރިކަން ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި ކަމާގުޅޭ ހާއްސަ ކަރުދާހެއް ކެބިނެޓަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މިކަމުގެ މަސައްކަތް ކުރިއަށްދަނީ ރާއްޖެއަކީ ޒަކާތުގެ ދާއިރާގައި ދުނިޔޭގައި އެންމެ ލީޑިން ގައުމަށް ވުމުގެ ސަރުކާރުގެ މުހިންމު އަމާޒުގެ ދަށުންނެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ، މާލޭ އިސްލާމީ މަރުކަޒުގައި މިއަދު ފެށި އިންޓަނޭޝަނަލް ޒަކާތު މަހާސިންތާ ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ޒަމާނާއި ހާލަތަށް ބަލައި ތަރައްގީ ކުރެވެން އޮތް ހަމައެކަނި ރުކުނަކީ ޒަކާތާ ގުޅޭ ކަންކަމެވެ.

ފަގީރުންނާއި މިސްކީނުންގެ ދިރިއުޅުމުގެ އެކިއެކި ޒަރޫރަތްތައް ފުއްދައި ދޭނެ ގޮތުގެ ތަސައްވުރެއް މިހާރު އެކުލަވައިލަމުން އަންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ. މި ތަސައްވުރުގެ ތެރޭގައި ބޭސްފަރުވާ އާއި ތައުލީމާއި ބޯހިޔާވަހިކަން ފަދަ މުހިންމު ޒަރޫރަތްތައް ހިމެނޭނެއެވެ. މިފަދަ ޒަމާނެއްގައި ފަގީރުންނާއި މިސްކީނުންގެ ”މި ޒަމާނުގެ މަފްހޫމެއް“ ކަނޑައަޅަންޖެހޭ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ދިރިއުޅޭނެ ތަނެއް ލިބުމާއި ތައުލީމު ލިބުމަކީ މި ޒަމާނުގެ ހަޔާތުގައި ޒަރޫރަތެއް ކަމުގައި ދެކި، މިކަންކަމާ މެދު ވިސްނައި ފިކުރު ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒަކާތާ ބެހޭ ކަންތައްތަކުގައި ރާއްޖެއަށް އާ އުސްމިންތަކެއް ގެނައުމުގެ މަސައްކަތުގެ ތެރެއިން، ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ ޒަކާތު ބިލަކީ އެއް ކާމިޔާބީ ކަމަށް މިނިސްޓަރު ޝަހީމް ސިފަކުރެއްވިއެވެ. މި ބިލް ފަރުމާކުރެވިފައިވަނީ ދުނިޔޭގެ އެންމެ ފަހުގެ އިލްމީ ތަޖުރިބާގެ މައްޗަށް ކަމަށާއި، މީގެ އެތައް އަހަރެއް ކުރިން އެކި ގައުމުތަކުގައި މި ދާއިރާގައި ތަހުސީސް ކުރެވުނު ގާނޫނުތަކަށް ވުރެ ދިވެހިރާއްޖޭގެ ޒަކާތުގެ ބިލް ވަރަށް ފުރިހަމަ ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިލްގައި އިދާރީ މެނޭޖުމަންޓާއި ޝަރުއީ ހަމަތައް ގުޅިލާމެހިފައިވުމުގެ އިތުރުން އިންވެސްޓްމަންޓުތަކަށް ފުރުސަތު ދީފައިވުމަކީ އެހެން ގާނޫނުތަކުގައި ނެތް ސިފައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޝަހީމް އުންމީދު ކުރައްވާ ގޮތުގައި މި ބިލް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރާނެއެވެ. އަދި މި ގާނޫނު ތަރުޖަމާކޮށް އެހެން ގައުމުތަކަށް ވެސް ފޮނުވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. މި ބިލް އެކުލަވައިލުމުގައި މިދިޔަ އަހަރު ބޭއްވި އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސަށް އިލްމުވެރިން ދެއްވި ލަފަޔާއި އިރުޝާދުގެ ބޭނުން ހިފާފައިވާނެ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ހާމަކުރައްވާފައެވެ.

Tags: އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

Related Posts

ޒަކާތު ފަންޑުން 24 ދަރިވަރަކަށް ސްކޮލަރޝިޕް

ޒަކާތު ފަންޑުން 24 ދަރިވަރަކަށް ސްކޮލަރޝިޕް

އޯގަސްޓް 17, 2025
ހައްޖު ކޯޓާއިން ވައްކަންކުރާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ޝަހީމް

ހައްޖު ކޯޓާއިން ވައްކަންކުރާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ޝަހީމް

އޯގަސްޓް 12, 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily