DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ސްޕެއިނަށް ހިޖުރަވެރިން އެތެރެވާން އުޅުމުގެ ތެރޭގައި 57 މީހުން މަރުވެއްޖެ

މުހައްމަދު އާސިފް by މުހައްމަދު އާސިފް
އޯގަސްޓް 1, 2026
0
ސްޕެއިނަށް ހިޖުރަވެރިން އެތެރެވާން އުޅުމުގެ ތެރޭގައި 57 މީހުން މަރުވެއްޖެ
0
SHARES
14
VIEWS
Share on FacebookShare on Twitter

މޮރޮކޯއާ އިންވެގެން އޮންނަ ސްޕޭންގެ ސެއުތާ ސަރަޙައްދަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 50،000 އަށްވުރެ ގިނަ ހިޖުރަވެރިން އެތެރެވާން އުޅުމުގެ ތެރޭގައި މަދުވެގެން 57 މީހުން މަރުވެއްޖެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ސަރަޙައްދުގައި ހިންގި މިފަދަ އެންމެ ބޮޑު އަދި އެންމެ ހިތާމަވެރި ހާދިސާއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ކަނޑުމަގުން ސެއުތާއަށް ވަންނަން އުޅެނިކޮށް ގެނބިގެންނެވެ. އަދި ބައެއް މީހުން މަރުވެފައިވަނީ ސެއުތާގެ ތާރާޖާލް އަތިރިމަތީގައި ޖަހާފައިވާ އިންވަކިކުރާ ފެންސްގަނޑު ކައިރިން ވަންނަން އުޅުމުގެ ތެރޭގައި ފިތި ބާރުވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސާންޗޭޒް ވަނީ ސެއުތާއަށް ޒިޔާރަތްކުރައްވާފައެވެ. ބޮޑުވަޒީރު ވިދާޅުވީ މިއީ ސްޕޭންގެ ސަރަޙައްދީ ނަޒާހަތްތެރިކަމަށް އަރައިގަތުން ކަމަށް ތަޞައްވުރުކުރައްވާ ކަމަށާއި، މިކަމުގެ ފަހަތުގައިވަނީ އިންސާނީ ވަގުފާރިކުރާ ވިއުގަތައް ކަމަށް ތުހުމަތުކުރައްވާ ކަމަށެވެ.

ސެއުތާގެ އާބާދީގައި 85,000 މީހުން ތިބިއިރު، އެއްފަހަރާ އެތައް ހާސް ބަޔަކު އެތެރެވުމުން އެ ސަހަރުގެ ނިޒާމު މުޅިން މެދުކެނޑި، ބޮޑު އިންސާނީ ނުކުޅެދުންތެރިކަމެއް ވަނީ އުފެދިފައެވެ. އެތައް ހާސް ބަޔަކު މަގުމައްޗާއި މައިޒާންތަކުގައި ނިދަމުންދާއިރު، އޭގެ ތެރޭގައި އެކަނި އުޅޭ ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

ސްޕޭންގެ ދާޚިލީ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ވަނީ އިތުރު ސިފައިންނާއި ފުލުހުން އެ ސަރަޙައްދަށް ފޮނުވައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެތެރެވި މީހުންގެ ތެރެއިން 48,000 އަށްވުރެ ގިނަ މީހުން މިހާރު ވަނީ އަނބުރާ މޮރޮކޯއަށް ފޮނުވާލެވިފައެވެ.

މި މައްސަލައާ ގުޅިގެން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ މެދުގައި ބޮޑު ސިޔާސީ ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. އެގޮތުން އިޓަލީން ވަނީ ސްޕޭނާއެކު އޮންނަ ޝެންގެން ބޯޑަރުގެ އުސޫލުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. ނަމަވެސް ޔޫރަޕިއަން ކޮމިޝަނުންނާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ސްޕޭނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަން ހާމަކުރައްވާފައެވެ.

ސްޕޭންގެ ސެއުތާއާއި މެލީޔާއަކީ އެފްރިކާ ބައްރުގައި އޮންނަ ޔޫރަޕިއަން އިއްތިހާދު (އީޔޫ) ގެ އެއްގަމު ބޯޑަރު އޮންނަ އެކަނި ދެ ސަރަޙައްދެވެ. މޮރޮކޯގެ އުތުރު އައްސޭރިފަށުގައި އޮންނަ މި ދެ ސަހަރަކީ ސްޕޭނުގެ ސަރަޙައްދުތަކެއްގެ ގޮތުގައި ބެލެވުނު ކަމުގައިވިޔަސް، މޮރޮކޯއިން އަބަދުވެސް ދަނީ މި ސަރަޙައްދުތަކުގެ މިލްކުވެރިކަމަށް ދަޢުވާކުރަމުންނެވެ.

މިފަހަރުގެ މި ބޮޑު ހާދިސާ ހިންގަން މެދުވެރިވި މައިގަނޑު ސަބަބެއް ކަމަށް ބޮޑުވަޒީރު ޕެޑްރޯ ސާންޗޭޒް ފާހަގަކުރެއްވީ، ސެއުތާއާއި މެލީޔާއަށް ކަނޑުމަގުން އެތެރެވާން އުޅެނިކޮށް ހިފަހައްޓާ މީހުން ވަގުތުން އަނބުރާ ފޮނުވާނުލެވޭނެ ކަމަށް ސްޕޭންގެ ސުޕްރީމް ކޯޓުން ކުރި ޙުކުމެކެވެ. މި ޙުކުމުގެ ފައިދާ ނަގައިގެން އިންސާނީ ވަގުފާރިކުރާ ނެޓްވޯކްތަކުން ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ބޯޑަރު ހުރަސްކުރުމަށް ހިތްވަރުދީ، މިފަދަ ނުރައްކާތެރި ޙާލަތެއް އުފެއްދީ ކަމަށް އޭނާ ތުހުމަތުކުރައްވައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily