DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް، އުތީމު އާދަމް ޢަބްދުއްރަޙުމާނަށް އަރުވައިފި

ޙަސަން ސަޢީދު by ޙަސަން ސަޢީދު
އޯގަސްޓް 24, 2025
0
ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް، އުތީމު އާދަމް ޢަބްދުއްރަޙުމާނަށް އަރުވައިފި
0
SHARES
15
VIEWS
Share on FacebookShare on Twitter

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށާއި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މަޝްހޫރު ބޭފުޅެއް ކަމަށްވާ އުތީމު އާދަމް ޢަބްދުއްރަޙުމާނަށް، ދިވެހި ދައުލަތުން އަރުވާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ. މި ޝަރަފުގެ ޢިއްޒަތް އެރުވީ މިއަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައެވެ.

ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އާދަމް ޢަބްދުއްރަޙުމާނަށް، މަޝްހޫރު ނަމުން އުތީމު އަދަންބެއަށް، އެރުވީ ތިލަދުންމަތީ އުތުރުބުރީގެ ރައްޔިތުންނަށް ޚާއްސަކޮށް، އުތީމު ރައްޔިތުންގެ ކުރިއެރުމަށާއި ތިލަދުންމަތީ އުތުރުބުރީގެ ތަރައްޤީއަށްޓަކައި އެކި ރޮނގުރޮނގުން ކޮށްދެއްވާފައިވާ ތަފާތު ޚިދުމަތްތަކާއި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް އިޚުލާސްތެރިކަމާއެކު ކޮށްދެއްވާފައިވާ ޚިދުމަތްތައް އަގުވަޒަންކުރުމުގެ ގޮތުންނެވެ.

އާދަމް ޢަބްދުއްރަޙުމާން ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 26 އޮގަސްޓު 1965ގައި ހއ. އުތީމު ކަތީބުކަމުގެ މަގާމުންނެވެ. ކަތީބުކަމުގެ މަގާމުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ދެން އަދާކުރެއްވީ ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމެވެ. އާދަމް ޢަބްދުއްރަޙުމާން ވަނީ ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިންފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދާކުރައްވައިފައެވެ.

އާދަމް ޢަބްދުއްރަޙުމާން އުތީމު ކަތީބުކަމުގައި ހުންނެވި ދުވަސްވަރަކީ، އޭރުގެ ރަށުގެ ޙާލަތު ހުރިގޮތުންނާއި ވަސީލަތްތައް ހުރިގޮތުން، އުނދަގޫ އެތައް ކަންތައްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދުވަސްވަރެކެވެ. 1970ގެ އަހަރުތަކުގައި ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ދިމާވި ކާޑު ލިބުން ދަތިވި މައްސަލަ ޙައްލުކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، އުތީމުން އެއްވެސް މީހަކު، ”ބަނޑަށް މަރުނުވެ“ ފުރާނަ ސަލާމަތްކުރެވުނުކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ކުރިން މާލެއިން ނޫނީ ނުލިބޭ އިދާރީ ބައެއް ޚިދުމަތްތައް އަތޮޅުންނާއި ރަށްރަށުން ލިބޭނެ މަގުފަހިކުރެއްވުމަށް އާދަމް ޢަބްދުއްރަޙުމާން ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން، ބައެއް މަސައްކަތްތައް އަތޮޅުންނާއި ރަށުން ލިބޭނެގޮތް ހަމަޖެހި، ރައްޔިތުންނާ ގާތުން ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދިޔައެވެ. އާދަމް ޢަބްދުއްރަޙުމާނަކީ، ރައްޔިތުންނާ ވަރަށް ގާތްގުޅުމެއް ބޭއްވެވި، ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ މުހުތާދުތައް ދެނެވަޑައިގެން ރައްޔިތުންނަށް ދަތިވާ ކަންކަން އެވަގުތަކަށް ހައްލުކޮށްދެއްވެން އޮތް މިންވަރަކުން ހައްލުކޮށްދެއްވި އިޚްލާޞްތެރިކަމާއެކު މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަން ކުރެއްވުމަށްފަހު، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަގާމުގައި އާދަމް ޢަބްދުއްރަޙުމާން ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ހޭދަކުރެއްވިއެވެ. އެ މަޤާމުގައި ހުންނަވައި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ޒަމާނަށް ދެމިހުންނަނިވި ތާރީޚީ ބިނާއެއްގެ ގޮތުގައި ބެހެއްޓެވުމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން އާދަމް ޢަބްދުއްރަޙުމާން މަސައްކަތްޕުޅު ކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތަނުގެ ނާޒިރުކަންވެސް އާދަމް ޢަބްދުއްރަޙުމާން އަދާ ކުރައްވައިފައިވެއެވެ.

އާދަމް ޢަބްދުއްރަޙުމާނަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރާއްޖޭގައި މިހާރު ތިއްބެވި ބަހާއި އަދަބުގެ ފަންނީ ބޭފުޅުންގެ ތެރެއިން އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ. އާދަމް ޢަބްދުއްރަޙުމާނަކީ، މޮޅު ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އޭނާގެ އެންމެ ޚާއްޞަ ފަންނަކީ، ޅެންވެރިކަމުގެ ފަންނެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އާދަމް ޢަބްދުއްރަޙުމާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭގެ 12 އަހަރު ފަހުން، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.

Tags: ރައީސް ޑރ. މުހައްމަދު މުއިއްޒުއުތީމު އާދަމް ޢަބްދުއްރަޙުމާންޤައުމީ ދުވަސް

Related Posts

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

ސެޕްޓެމްބަރ 26, 2026
ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ސެޕްޓެމްބަރ 24, 2026
ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ސެޕްޓެމްބަރ 17, 2026
ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ސެޕްޓެމްބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily