DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ފިނޭ ސްކޫލް އެހެން ތަނަކަށް ބަދަލުކޮށް، އަލަށް ހިއްކި ސަރަހައްދަށް ކަރަންޓު ދޭނެ: ރައީސް

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
އޯގަސްޓް 24, 2025
0
ފިނޭ ސްކޫލް އެހެން ތަނަކަށް ބަދަލުކޮށް، އަލަށް ހިއްކި ސަރަހައްދަށް ކަރަންޓު ދޭނެ: ރައީސް
0
SHARES
15
VIEWS
Share on FacebookShare on Twitter

ހދ. ފިނޭގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް އެރަށު ސްކޫލް މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކުރުމާއި، އަލަށް ހިއްކި ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފިނޭގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ފިނޭއަށް ކުރެއްވި މި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ހިންގަވާނެ ގިނަ މަޝްރޫޢުތަކެއްގެ ތަފްސީލް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، ފިނޭ ސްކޫލް މިހާރު ހުރި ތަނުގައި އިތުރު ޖާގަ ނެތުމުގެ ސަބަބުން، މަލްޓިޕާޕަސް ހޯލް ފަދަ ވަސީލަތްތައް ވެސް ވަކި ބިމެއްގައި ޤާއިމްކުރަން ޖެހިފައިވާކަން ރައްޔިތުން ފާހަގަކޮށްފައިވެއެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ސްކޫލް އެހެން ތަނަކަށް ބަދަލުކުރުމަށް ބޭނުންވާ ފައިސާ ހިމަނައި، ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުމަށް ޕްލޭންކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފިނޭއިން އަލަށް ގެވަޅު ދޫކޮށްފައިވާ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކަރަންޓު އަޕްގްރޭޑްކޮށް، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފިނޭގެ ތަރައްޤީއަށް އެންމެ މުހިންމު އެއް މަޝްރޫޢަކީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކަމަށް ފާހަގަކުރެއްވިއެވެ. އެ މަސައްކަތް އެމްޓީސީސީން މިހާރު ފަށައިގެން ކުރިއަށްދާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ބައެއް ބަދަލުތައް، ޚާއްސަކޮށް ބޭރު ތޮށީގައި އުޅަނދުތައް އެޅޭގޮތަށް ބަދަލު ގެނައުމާއި ނެރަށް ގެންނަންޖެހޭ ބަދަލުތައް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. ”އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައި މިނިސްޓްރީއާއި ކޮންޓްރެކްޓަރުގެ ފަރާތުން ރައްޔިތުންގެ އުންމީދުގައި ކުލަޖެއްސުމުގެ މަސައްކަތް ކުރިއަށްދާނެ،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފިނޭގެ މަގު ހެދުމުގެ މަސައްކަތަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އާރުޑީސީން މިހާރު މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ފިނޭ ފަދަ ބޮޑު ރަށެއްގައި ރައްކާތެރި މަގުތަކެއް ހުރުމަކީ މުހިންމުކަމެއް ކަމަށެވެ. މި މަސައްކަތް ވަރަށް އަވަހަށް ފަށައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.

ކުޅިވަރުގެ ދާއިރާއިން ވެސް ގިނަ ވައުދުތަކެއް ރައީސް ޑރ. މުޢިއްޒު ވަނީ ވެވަޑައިގެންފައެވެ. އަންނަ އަހަރުގެ ބަޖެޓުން ފިނޭގައި ފުރިހަމަ އަދި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވާނެ ކަމަށާއި، މި އަހަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އައުޓްޑޯ ޖިމާއި، ވޮލީ ކޯޓެއް ތަރައްޤީކޮށް ވަރަށް އަވަހަށް ނިމޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފިނޭގައި ކުރިއަށް ގެންދަވާނެ އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި ކުނި މެނޭޖުކުރާނެ ސެންޓަރާއި، ކުޑަކުދިންގެ ޕާކެއް ޤާއިމްކުރުން ވެސް ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Tags: ރައީސް ޑރ. މުހައްމަދު މުއިއްޒު

Related Posts

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

ސެޕްޓެމްބަރ 26, 2026
ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ސެޕްޓެމްބަރ 24, 2026
ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ސެޕްޓެމްބަރ 17, 2026
ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ސެޕްޓެމްބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily