DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އަންނަ މަހު ހަނިމާދޫގައި 500 ހައުސިން ޔުނިޓުގެ މަސައްކަތް ފަށަނީ

ޙަސަން ސަޢީދު by ޙަސަން ސަޢީދު
އޯގަސްޓް 25, 2025
0
އަންނަ މަހު ހަނިމާދޫގައި 500 ހައުސިން ޔުނިޓުގެ މަސައްކަތް ފަށަނީ
0
SHARES
12
VIEWS
Share on FacebookShare on Twitter

ހދ. ހަނިމާދޫގައި 500 ހައުސިން ޔުނިޓު ޢިމާރާތްކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ހަނިމާދޫއަކީ މުޅި ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައެއް ހިއްސާކުރާ ރަށެއްކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގައި ހަނިމާދޫ މުހިންމު ދައުރެއް އަދާކުރާކަމަށެވެ. އެހެންކަމުން އެކި މަޝްރޫޢުތައް ރާވަނީ މި ވިސްނުމުގެ ދަށުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަނިމާދޫގައި 500 ހައުސިން ޔުނިޓު އެޅުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށާއި، މި މަސައްކަތް އަންނަ މަހުގެ ކުރީކޮޅު އެޗްޑީސީއާ ހަވާލުކޮށްގެން ފައްޓަވާނެކަމަށެވެ. މި މަޝްރޫޢު ދެބަޔަކަށް ބަހާލައިގެން ކުރިއަށްގެންދަވާނެއެވެ. އެއްބަޔަކީ ވަކި ސަރަޙައްދެއްގައި ހައުސިން ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތެވެ. އަނެއް ބަޔަކީ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢެވެ. ގިނަ ގޯތިތަކުގައި ގެދޮރު ނޭޅި ހުރުމާ ގުޅިގެން، އެގޯތިތަކުގައި 3 ކޮޓަރީގެ އެޕާޓްމަންޓެއް އަޅައިދިނުމަށް ރައީސް ވަނީ ވައުދުވެފައެވެ.

މި މަޝްރޫޢުގެ އިތުރުން، ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމުގެ މަޝްރޫޢާއި، ކޯޓުގެ ހުކުމަކާ ގުޅިގެން ހުއްޓިފައިވާ މަޝްރޫޢާއެކު، ހަނިމާދޫގައި ތިން ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ހަނިމާދޫގެ ރައްޔިތުންނާއި، އެރަށަށް ހިޖުރަކުރާ ފަރާތްތަކަށް ބޮޑު ކުރިއެރުމެއް ގެނުވާނެ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިވަގުތުވެސް ހއ. ހަތިފުށި، ހދ. ހޮނޑައިދޫ އަދި ފަރިދޫގެ ރައްޔިތުން ހަނިމާދޫގައި ދިރިއުޅެމުން އެބަދެއެވެ.

ތަޢުލީމީ އަދި ޞިއްޙީ ދާއިރާ ބާރުދެރުކުރުން
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ހަނިމާދޫ ސްކޫލަށް ވަސީލަތް ހަމަކުރުމުގެ މަޝްރޫޢު، ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 8 ކްލާސްރޫމާއި ސްޓާފްރޫމާއި ލެބްތައް ޤާއިމްކުރެވޭނެއެވެ. މި މަޝްރޫޢު ކުރިއަށްގެންދާނީ ހަނިމާދޫގައި ކިޔަވާ އަދި އެރަށަށް ބަދަލުކުރާ ހިރިމަރަދޫ ކުދިންނަށްވެސް ޖާގަ ލިބޭނެގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އެމްއެންޑީއެފަށް ދޫކޮށްފައިވާ ބައު ޢިމާރާތް ހުސްކުރެވި، މަތީ ތަޢުލީމަށް ބޭނުންކުރެވޭނެ ތަނަކަށް ހަދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ޞިއްޙީ ދާއިރާއަށް އަލިއަޅުއްވައިލައްވަމުން، ހަނިމާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރާނެކަމަށް ވިދާޅުވިއެވެ. އޭގެ ކުރިންވެސް މިހާރު ހުރި ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރައްވާނެކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ޑައިލިސިސްގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އުމްރާނީ ތަރައްޤީއާއި ކުޅިވަރުގެ ވަސީލަތްތައް
ހަނިމާދޫގެ އުމްރާނީ ތަރައްޤީއަށްޓަކައި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ގާތްގަނޑަކަށް 17 ކިލޯމީޓަރުގެ މަގު، އަންނަ އަހަރާއި އޭގެ އަނެއް އަހަރަށް ބަހާލައިގެން ތާރު އަޅައި، 2027 ވަނަ އަހަރުގެތެރޭގައި މުޅި މަޝްރޫޢު ނިންމަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ރަށުގައި ކުޅިވަރުގެ ވަސީލަތްތައްވެސް ޤާއިމްކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި، ވޮލީ ކޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަނިމާދޫގެ ތަރައްޤީ ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް، އުންމީދުތައް ހާސިލްވާނެ ގޮތަށް ކަމަށެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily