DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ލަންކާ ބަލިކޮށް ރާއްޖެ އަނެއް މަރުހަލާއަށް ޕްރޯމޯޓް ވެއްޖެ

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 4, 2026
0
ލަންކާ ބަލިކޮށް ރާއްޖެ އަނެއް މަރުހަލާއަށް ޕްރޯމޯޓް ވެއްޖެ
0
SHARES
146
VIEWS
Share on FacebookShare on Twitter

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގެ ”ގްރޫޕު ކޭ“ ގައި ވާދަކުރި ސްރީލަންކާގެ މައްޗަށް 4-0 ގެ ފުރިހަމަ ނަތީޖާއަކުން ކުރިހޯދައި، ރާއްޖޭގެ ޒުވާން ޤައުމީ ޓީމުން މުބާރާތުގެ ކޮލިފައިން ފޭސް އިން ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިޔަންމާގެ ތުވުނާ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މި މެޗުން ރާއްޖެ މޮޅުވުމާއެކު މުބާރާތުގައި އިތުރަށް ކުރިއަށްދިއުމަށް ލަންކާއިން ކުރަމުން އައި އުންމީދުތަކަށް ވަނީ ނިމުމެއް އައިސްފައެވެ. ރާއްޖޭގައި މިއަހަރު ބޭއްވި 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އަތުން 3-2 އިން ބަލިވެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓި ނަމަވެސް، މި މެޗުގައި ރާއްޖެއިން ވަނީ އެކަމުގެ ބަދަލު ހިފައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ އިރުޝާދުގެ ދަށުން ކުޅޭ ރާއްޖޭގެ ޓީމު ފުރަތަމަ މެޗުގައި ބްރޫނާއީ އަތުން 2-0 އިން މޮޅުވެފައިވާއިރު، ލަންކާ ވަނީ ފުރަތަމަ މެޗުގައި މިޔަންމާ އަތުން 4-0 އިން ބަލިވެފައެވެ. އެހެންކަމުން މުބާރާތުގައި ދެމިއޮތުމަށް ލަންކާއަށް މި މެޗު އޮތީ ނުހަނު މުހިންމުވެފައެވެ.

މެޗުގެ ކުރީކޮޅުގައި ރާއްޖޭގެ ނައްސާހް އިބްރާހިމް ނާސިރާއި އަހްޒަމް ރަޝީދު (އަހު) އަދި ކެޕްޓަން މުހައްމަދު އިލާން އިމްރާން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، ލަންކާގެ ކީޕަރު ޝާތިން ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ލަންކާގެ އަބްދުﷲ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ރާއްޖެއިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ނައްސާހް ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު، ރީބައުންސް ބޯޅަ ގޯލަށް ވައްދައިލި ކެޕްޓަން އިލާން އެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ރާއްޖެއިން ނުރައްކާކުރަމުން ދަނިކޮށް، މެޗުގެ 53 ވަނަ މިނެޓުގައި ލަންކާގެ ހިޖާޒީ އަދި ހަލިކް އަހުމަދު ފޮނުވާލި ނުރައްކާތެރި ހަމަލާތައް ރާއްޖޭގެ ކީޕަރު ޒަހުރާން ހަސަން ޒިޔާދު ވަނީ މޮޅަށް މަތަކޮށްފައެވެ. އޭގެ ފަހުން މެޗުގެ 60 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ރާއްޖޭގެ ދެވަނަ ގޯލު ޖަހައިދިނީ މުހައްމަދު ޝަމްހާންއެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ރާއްޖޭގެ މުހައްމަދު ނައިސަމްއަށް ކުރި ފައުލަކާ ގުޅިގެން ލަންކާގެ މުހައްމަދު ފާރިގްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން، ލަންކާއަށް އިތުރު ހުރަސްތަކެއް ކުރިމަތިވިއެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ލަންކާއިން ކުޅެމުން ދަނިކޮށް، މެޗުގެ 78 ވަނަ މިނެޓުގައި އަހްޒަމް ނަގައިދިން ކޯނަރަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރާއްޖޭގެ ތިންވަނަ ގޯލު ކާމިޔާބުކުރީ ނައްސާހްއެވެ. އަދި އޭގެ މިނެޓެއް ފަހުން އުފެއްދި ކައުންޓާ އެޓޭކެއްގައި ކެޕްޓަން އިލާން ދިން ބޯޅައަކުން ރާއްޖޭގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ވެސް ނައްސާހްއެވެ.

މި މޮޅާއެކު ކޮލިފައިން ފޭސްގެ ޖާގަ ކަށަވަރުވެފައިވާ ރާއްޖެއިން، ޑިވެލޮޕްމަންޓް ފޭސްގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މިޔަންމާއާ ދެކޮޅަށެވެ. ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު މި ދެ ޓީމު ވެސް ކޮލިފައިން ފޭސް އިން ޖާގަ ހޯދާފައިވާއިރު، މިޔަންމާ ތާވަލުގެ އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily