DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް އެކުވެރިކަމުގެ ހިނގާލުމެއް ބާއްވައިފި

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
ސެޕްޓެމްބަރ 5, 2026
0
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް އެކުވެރިކަމުގެ ހިނގާލުމެއް ބާއްވައިފި
0
SHARES
8
VIEWS
Share on FacebookShare on Twitter

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގައި އެކުވެރިކަމުގެ ޚާއްޞަ ހިނގާލުމެއް ބާއްވައިފިއެވެ. ފުލުހުންގެ އެކި ބަހާތަކުން 1200 އަށް ވުރެ ގިނަ ފުލުހުންނާއި މުވައްޒަފުން މި ހިނގާލުމުގައި ބައިވެރިވެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތައް ފެށުމުގެ ގޮތުން މާލޭގައި ބޭއްވި މި ހިނގާލުން ފަށާފައިވަނީ ޖުމްހޫރީ މައިދާނުންނެވެ. މި ހަރަކާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ފުލުހުންގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުންގެ އަޒުމު ލައިދިނުމަށް ފަހު ފެށި މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުން ފެށިގެން މާލޭ ވަށައިގެން ދުއްވާ މަގުތަކުން ހިނގުމަށްފަހު، އަނބުރާ ޖުމްހޫރީ މައިދާނަށް ނިންމާލާ ގޮތަށެވެ. ފުލުހުންގެ މުއައްސަސާއިން ހާމަކުރި ގޮތުގައި މިއީ ފުލުހުންގެ ޚިދުމަތުގެ ދިގު ތާރީޚާއި، ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ވެފައިވާ އަގުހުރި ޤުރުބާނީއާއި އިޚްލާޞްތެރިކަން ރަމްޒުކޮށްދޭ އެއްބައިވަންތަކަމުގެ ހިނގާލުމެކެވެ.

މި ދުވަސް ފާހަގަކުރުމަށްޓަކައި އާންމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އެގޮތުން މާލެއާއި އަތޮޅުތަކުގައި ކުޑަކުދިންގެ ހަވީރާއި، ޢާއިލީ ހަވީރުތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ. ޚާއްޞަ ގޮތެއްގައި ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ ރޭ 08:30 ގައި ސޯޝަލް ސެންޓަރުގައި ”ބްލޫސް ފެމިލީ ނައިޓް“ ގެ ނަމުގައި ޚާއްޞަ މުނިފޫހިފިލުވުމުގެ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަފުލާގައި ބާރަށު ޝިޔާމް، ހަބޭސް ބޮޑުބެރު ގްރޫޕް އަދި އެމްއެންއެސްޔޫގެ ފަންނުވެރިންގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.

ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިފައިވަނީ 1933 ވަނަ އަހަރުއެވެ. އޭގެ ފަހުން ސިފައިންނާއި ފުލުހުން އެއް މުއައްސަސާއެއްގެ ގޮތުގައި ގިނަ ދުވަސްތަކަކު އޮތުމަށްފަހު، މަދަނީ ވަކި ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ ޤާއިމުކުރެވުނީ 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެ ބަދަލާއެކު ފުލުހުންގެ ޚިދުމަތް ހިންގުން ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރެވުނެވެ.

މި ޚިދުމަތަށް ޚާއްޞަކޮށްގެން ފުރަތަމަ ޤާނޫނެއް ހެދި ޢަމަލުކުރަން ފެށުނީ 2008 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން، 2020 ވަނަ އަހަރު އެކުލަވާލެވުނު އައު ޤާނޫނުގެ ދަށުން، ޒަމާނީ ’ކޮމިއުނިޓީ ޕޮލިސިންގ‘ ގެ ފަލްސަފާގެ މައްޗަށް ބިނާކޮށް މުޅި ޚިދުމަތް ވަނީ އިތުރަށް ހަރުދަނާކޮށް ބައްޓަންކޮށްފައެވެ.

Tags: ޕޮލިސް

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
ނަމާދަށް ހުރި ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކޮށްފި

ނަމާދަށް ހުރި ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކޮށްފި

ސެޕްޓެމްބަރ 29, 2026
ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުންކޮށް ބިރުދެއްކުން އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ފުލުހުންނާ މާރާމާރީ ހިންގި އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި

ސެޕްޓެމްބަރ 28, 2026
ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ސެޕްޓެމްބަރ 24, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily