DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ޑްރަގާއެކު ރާއްޖެ އައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 6, 2026
0
ޑްރަގާއެކު ރާއްޖެ އައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
0
SHARES
56
VIEWS
Share on FacebookShare on Twitter

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 80 ރަބަރު ޕެކެޓާއެކު، އިންޑިގޯގެ ފްލައިޓަކުން ރާއްޖެއައި އިންޑިއާއަށް ނިސްބަތްވާ މީހަކު އިއްޔެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މޮހައްމަދު ޓަފެޖުލްއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލް ކުރުމުގެ ނުވަތަ ޓްރެފިކް ކުރުމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، އިއްޔެ އިންޑިގޯ ފްލައިޓުން އޭނާ ރާއްޖެ އައި ވަގުތު، ގެނައި ލަގެޖު ކަސްޓަމްސް އޮފިސަރުން އެކްސްރޭކޮށް އިތުރަށް ބަލައިފާސްކުރިއިރު ލަގެޖުތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓުތަކެއްހުރި ދެ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

އަދި ކަސްޓަމްސްއިން އޭނާ ފުލުހުންނާ ހަވާލުކުރުމުން، ލަގެޖު އަލުން ބަލައިފާސްކުރިއިރު އެ ދެ ރަބަރު ޕެކެޓުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 80 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 440 ގުރާމު ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އޭނާގެ އަތުން ފެނުނު ތަކެތީގެ ތަހުލީލު ނަތީޖާ ޓެޓްރާހައިޑްރޯކެނަބިނޯލް (ޓީއެޗްސީ) އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އޭގެ އަސްލު ބަރުދަނުގައި 418.99 ގުރާމު ހުރި ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމާފައި ވަނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްސަލަ ހުށަހަޅާ ފޯމާއި، ސީނަށް ދިޔަ ފުލުސް މީހާގެ ބަޔާނުގެ އިތުރުން މަސްތުވާތަކެތީގެ ތަހުލީލު ނަތީޖާއަށް ބަލާއިރު އޭނާގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ވާތީއެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނީ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 30 ދުވަސް ވަނީ ޖަހާދީފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އޭގެ ބޭނުންކޮށް ވިޔަފާރިކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން އަންނަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކުރަމުންނެވެ. އަދި ކަމާބެހޭ އިދާރާތައް ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ އޮޕަރޭޝަންތަކެއްވެސް ދަނީ ހިންގަމުންނެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily