DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ރަޝިޔާއަށް މުދާ އެތެރެކުރުމަށް ރާއްޖެ މެދުވެރިކުރާ ކަމަށް ބުނާ މައްސަލަ ބަލަނީ

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 6, 2026
0
ރަޝިޔާއަށް މުދާ އެތެރެކުރުމަށް ރާއްޖެ މެދުވެރިކުރާ ކަމަށް ބުނާ މައްސަލަ ބަލަނީ
0
SHARES
91
VIEWS
Share on FacebookShare on Twitter

ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގެން ރަޝިޔާއަށް މުދާ އެތެރެކުރުމަށް ރާއްޖެ މެދުވެރިކުރާ ކަމަށް ބުނެ ’ދަ ވޯލް ސްޓްރީޓް ޖާނަލް‘ (ޑަބްލިއުއެސްޖޭ) އިން ޝާއިއުކުރި ރިޕޯޓާ ގުޅިގެން، ކަމާ ބެހޭ އިދާރާތަކުން އެކަމުގެ ތެދުދޮގު ބެލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ވޯލްސްޓްރީޓް ޖާނަލްގެ ރިޕޯޓް ފެނުމާއެކު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އެފަދަ ކަމެއް ހިނގާނަމަ ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ރަޝިޔާއަށް ރާއްޖެއިން ގެންދާ ތަކެތީގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތަކުން މަނާކޮށްފައިވާ ބާވަތްތައް ހިމެނޭކަން ނުވަތަ ނޫންކަން ދެނެގަތުމުގެ ގާބިލުކަން ރާއްޖޭގައި ހުރިތޯ ސުވާލު އުފެދޭ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

”މިހާރު އުފެދޭ ސުވާލަކީ އެކަމަކު އަޅުގަނޑުމެންގެ ކެޕޭސިޓީ އެބަހުރި ބާއޭ އެ ވިދާޅުވާ ލެވެލްގެ ކަމެއް ދެނެގަންނަން، އެނގިވަޑައިގަންނަވާ ދެއްތޯ މި ދެންނެވި އެއްޗެއް؟ މިސާލަަކަށް މި ފޯނުގެ ތެރޭގައި އިންނަ ޗިޕަކީ ކޮން ކަހަަލަ ޗިޕެއްކަން އަޅުގަނޑުމެންނަށް ކިހިނެއްހޭ އެނގޭނީ،“ މުންދު ވިދާޅުވިއެވެ.

ވޯލްސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބުނެފައިވަނީ، ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ރަޝިޔާއަށް ތަކެތި އެތެރެކުރާތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އެމެރިކާއިން ދިވެހި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެ ވާހަކަތައް ދޮގުކުރައްވަމުން މުންދު ވިދާޅުވީ، ރާއްޖެއަކީ ބައިނަލްއަގުވާމީ ސެކިއުރިޓީ އެޖެންސީތަކާ ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ގައުމެއް ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ޑަބްލިއުއެސްޖޭއިން އާންމުކުރި ތަހުގީގީ ރިޕޯޓުގައި ހުޅަނގުގެ އޮފިޝަލުންނާއި ލިޔެކިޔުންތަކާ ހަވާލާދީ ބުނެފައިވަނީ، އެމެރިކާއާއި ޔޫރަޕް އަދި ޗައިނާއިން އުފައްދާ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ މުދާ ރަޝިޔާއަށް އެތެރެކުރުމަށް ރާއްޖޭގެ ބައެއް ވިޔަފާރިވެރިން އެހީތެރިވާ ކަމަށެވެ.

މިގޮތުން، ވައިގެ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ގެންނަ މުދާ، ރާއްޖެއަށް އެތެރެނުކޮށް ޓްރާންސިޓް ސަރަހައްދުގައި ބެހެއްޓުމަށްފަހު، ރަޝިޔާގެ އެރޯފްލޮޓް ފްލައިޓުތަކުގައި މޮސްކޯއަށް ފޮނުވަމުންދާ ކަމަށް އެ ރިޕޯޓުގައިވެއެވެ. އަދި މި މުއާމަލާތްތަކުގައި ރާއްޖޭގެ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ ’ފްރެއިޓް ކެއާ‘ އަދި ’ގޯ އިންވެސްޓްމަންޓް‘ އިން ބައިވެރިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެ ނޫހުން އިތުރަށް ބުނެފައިވަނީ، މުދާ މާލެ ގެނައުމަށްފަހު މޮސްކޯގެ ޝެރެމެޓްޔޭވޯ އެއާޕޯޓަށް ފޮނުވުމަށްޓަކައި އަސްލު ފޮނުވި ފަރާތުގެ ނަން އުނިކޮށް، އާ އެއާވޭ ބިލެއް ހަދާ ކަމަށެވެ. މިގޮތަށް ފޮނުވާ މުދަލުގެ ތެރޭގައި މައިކްރޯޗިޕާއި، އޮޕްޓިކަލް އިންސްޓްރޫމަންޓްސް އަދި މަތިންދާބޯޓުގެ ބައިތައް ހިމެނޭ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ތުހުމަތުތަކާ ގުޅިގެން ’ފްރެއިޓް ކެއާ‘ ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ވަހީދު އެ ނޫހަށް ވިދާޅުވީ، ރަޝިޔާއަށް ޓްރާންސިޓްކުރާ މުދާ އެ ކުންފުނިން ހޭންޑްލްކުރި ނަމަވެސް، ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްވެސް އެއްޗެއް އުފުލުމުގައި އެނގިހުރެ އެހީތެރިނުވާ ކަމަށާއި އެއްވެސް ހަނގުރާމައަކަށް ތާއީދުނުކުރާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ’ގޯ އިންވެސްޓްމަންޓް‘ ގެ މެނޭޖިން ޑިރެކްޓަރު ވަނީ އެއްވެސް ވާހަކައެއް ދައްކަން ދެކޮޅު ހަދާފައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily