DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އައިޓީއެފްސީން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރު

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 7, 2026
0
އައިޓީއެފްސީން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރު
0
SHARES
76
VIEWS
Share on FacebookShare on Twitter

ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 23.1 ބިލިއަން ރުފިޔާ) ގެ ޓްރޭޑް ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފައިނޭންސް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރު ހަސަން ޒަރީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ، އިންޖިނިއާ އަދީބު ޔޫސުފް އަލް-އާމާއެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލެވުނު މި އެއްބަސްވުން 2026 އިން ފެށިގެން 2031 ގެ ނިޔަލަށް ދެމިގެންދާނެއެވެ. މި ފްރޭމްވޯކްގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން މުދާ އިމްޕޯޓްކުރުމަށް މަގުފަހިކުރުމާއި، ރާއްޖެއިން ބޭރުކުރާ އުފެއްދުންތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި ޝަރުތު ހަމަވާ އަމިއްލަ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ޓްރޭޑް ފައިނޭންސިން ފެސިލިޓީތައް ހަމަޖެހިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި ވިޔަފާރީގެ ދާއިރާއިން ފަންނީ އެހީތެރިކަން ދިނުމާއި، ދިވެހި އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުތަކަށް ނެރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައް ވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި އައިޓީއެފްސީން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. އެގޮތުން ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް ދެމުންދިޔަ އެހީތައް މިހާރު ވިޔަފާރިއާއި ތަރައްގީގެ އެކި ދާއިރާތަކަށް ފުޅާވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އެތެރެކުރުމާއި، މަސްވެރިކަމުގެ ދާއިރާއާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ހިމެނެއެވެ. އަދި ހާއްސަކޮށް 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ފޯރުކޮށްދެމުންދާ ފެސިލިޓީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި އެތެރެކުރުމަށް ބޮޑު އެހީއަކަށް ވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ އަދީބު އަލް-އާމާ ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ދެފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ނަތީޖާ ކަމަށެވެ. އަދި މި ފްރޭމްވޯކްގެ ސަބަބުން ރާއްޖޭގެ ބޭންކިން ދާއިރާއާއި އަމިއްލަ ވިޔަފާރިތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ހަމަވުމާ ގުޅިގެން ސޮއިކުރި އާ އެއްބަސްވުމެކެވެ. ނިމިދިޔަ އެއްބަސްވުމުގެ ދަށުން 1.5 ބިލިއަން ޑޮލަރު ކަނޑައެޅި ނަމަވެސް، އެ މުއްދަތުގައި ރާއްޖެއިން ވަނީ 1.7 ބިލިއަން ޑޮލަރު ބޭނުންކޮށްފައެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިޓީއެފްސީން ޖުމުލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގްރޫޕްގެ ދަށުން ހިންގާ އައިޓީއެފްސީއަކީ އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއަރުވައި އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް 2008 ވަނަ އަހަރު އުފެއްދި މުއައްސަސާއެކެވެ. މިހާތަނަށް އެ ކޯޕަރޭޝަނުން ވަނީ މެންބަރު ގައުމުތަކަށް 100 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިނޭންސިން އެހީތެރިކަން ފޯރުކޮށްދީފައެވެ.

އައިޓީއެފްސީގެ ސީއީއޯ އަދީބު އަލް-އާމާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން އެސްޓީއޯގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ އިގުތިސާދީ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން އެސްޓީއޯގެ ބައެއް ފެސިލިޓީތަކަށް ވެސް އެމަނިކުފާނު ވަނީ ޒިޔާރަތްކުރައްވާފައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily