DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އިސްރާއީލު ވަޒީރުން ގޮވާލި ގޮވާލުން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 7, 2026
0
އިސްރާއީލު ވަޒީރުން ގޮވާލި ގޮވާލުން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
0
SHARES
35
VIEWS
Share on FacebookShare on Twitter

ޣައްޒާގެ ރައްޔިތުން އެ ބިމުން ނެރެ، ގަދަކަމުން އެހެން ތަންތަނަށް ބަދަލުކުރުމަށް އިސްރާއީލުގެ ވަޒީރުން ގޮވާލާފައިވާ ގޮވާލުންތަކާއި، އެކަމަށްޓަކައި ރޭވުންތައް އެކުލަވާލުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރިކޮށް ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ މިފަދަ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މިއީ މެދުއިރުމަތީގެ ސަރަޙައްދުގައި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމުގައިވެސް ޚާރިޖިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެއްވެސް ބަހަނާއެއް ދައްކައިގެން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުން އެ ރައްޔިތުން ގަދަކަމުން ބޭރުކުރުމަށް ކުރާ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން ދެކޮޅުހަދާ ކަމަށް އެ ބަޔާނުގައިވެއެވެ. މީގެއިތުރުން، ޣައްޒާއަކީ ފަލަސްޠީނުގެ ބިމުން ވަކިނުކުރެވޭނެ ބައެއް ކަމަށާއި، އަމިއްލަ ވަޒަނުގައި ދެމިތިބުމާއި އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤެއްކަން ދިވެހި ސަރުކާރުން ވަނީ ހަނދާންކޮށްދީފައެވެ.

ޚާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ، ގަދަކަމުން ބޭރުކުރުން ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވާ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް، ޚާއްޞަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލާ ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށްވެސް ވަނީ އެދިފައެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިއޮންނާނެކަން ތަކުރާރުކުރަމުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިގެން އުފެދޭ، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ކުރާ ތާއީދު ފުރިހަމައަށް ދަމަހައްޓާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ދިވެހި ސަރުކާރުން މިފަދައިން ބަޔާން ނެރެފައި މިވަނީ، ޣައްޒާގައި ދިރިއުޅޭ ގާތްގަނޑަކަށް 1.9 މިލިއަން ފަލަސްޠީނު ރައްޔިތުން ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި އެ ސަހަރުން ބޭރުކޮށްލުމަށް އިސްރާއީލުގެ ހައްދުފަހަނައެޅި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވިރް ހުށަހެޅި ޕްލޭނަކާ ގުޅިގެންނެވެ. ”ޑިސްއެންގޭޖްމަންޓް 710“ ގެ ނަމުގައި ބުރާސްފަތި ދުވަހު ބެން-ގްވިރް ހާމަކުރި މި ޕްލޭނަކީ، އަންނަ އޮކްޓޫބަރު މަހުގެ 27 ގައި ބާއްވާ އިސްރާއީލުގެ ޕާލަމެންޓް އިންތިޚާބަށް އޭނާގެ ”ޖުވިޝް ޕަވާ“ ޕާޓީން ކުރިއަށްނެރުނު މައިގަނޑު ސިޔާސަތެވެ.

މި ޕްލޭންގެ ދަށުން ފުރަތަމަ އަހަރު 250،000 މީހުން، ތިން އަހަރު ތެރޭގައި 1.11 މިލިއަން މީހުން އަދި ހަތް އަހަރު ނިމޭއިރު 1.86 މިލިއަން މީހުން ޣައްޒާއިން އެހެން ޤައުމުތަކަށް ބަދަލުކުރުމަށް ވަނީ ހިމަނާފައެވެ. މިއީ ޣައްޒާގެ 2.1 މިލިއަން މީހުންގެ އާބާދީގެ ބޮޑު ބައެކެވެ.

ފަލަސްޠީނުގެ ރައްޔިތުންނާއި، ޢަރަބި ޤައުމުތަކުގެ އިތުރުން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން މި ޕްލޭން ވަގުތުން ވަނީ ބޭރުކޮށްލާފައެވެ. އެ ފަރާތްތަކުން ދެކޭގޮތުގައި މިއީ 1948 ވަނަ އަހަރު އިސްރާއީލު އުފެއްދުމަށް ހިންގި ”ނަކްބާ“ ނުވަތަ ބޮޑު ކާރިސާ ފަދައިން ފަލަސްޠީނުގެ ބިމުން އެމީހުން އެއްކޮށް ނެރެލުމަށް ރާވާފައިވާ ނުރައްކާތެރި ރޭވުމެކެވެ. ޚާއްޞަކޮށް މިޞްރުން ވަނީ ފަލަސްޠީނު މީހުން އެ ޤައުމުގެ ސަރަޙައްދުން ބޭރުކުރުމަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

މި ޕްލޭނަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ހުށަހެޅުއްވި، ޣައްޒާ އަލުން އާރާސްތުކުރުމަށް މީހުން ބޭރުކުރުމުގެ ވިސްނުމާ ގުޅިފައިވާ ޕްލޭނެއް ކަމަށް ބެލެވެއެވެ. އަދި މިއީ އިންތިޚާބު ކާމިޔާބުކުރުމަށާއި ސަރުކާރު އެކުލަވާލުމުގައި ހައްދުފަހަނައެޅި ޔަހޫދީންގެ ވޯޓު ހޯދުމަށް ބެން-ގްވިރް ކުޅެމުންދާ ސިޔާސީ ކުޅިގަނޑެއްގެ ގޮތުގައިވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

މި ޕްލޭނަކީ އަދި ޔަހޫދީ ސަރުކާރުގެ ރަސްމީ ސިޔާސަތަކަށް ނުވި ނަމަވެސް، ކުރިއަށް އޮތް އިންތިޚާބަށްފަހު އުފެދޭ ކޯލިޝަން ސަރުކާރުގެ ތެރެއިން މިއީ ތަންފީޒުކުރަންޖެހޭނެ ޝަރުޠެއްގެ ގޮތުގައި ހެދުމަށް ހައްދުފަހަނައެޅި ޔަހޫދީ ޕާޓީތަކުން ދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily