DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
ސެޕްޓެމްބަރ 8, 2026
0
އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ
0
SHARES
31
VIEWS
Share on FacebookShare on Twitter

ރާއްޖޭގެ އެންމެ އުތުރުން ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ އުލިގަމަކީ ފެންވަރު ރަނގަޅު މެރިޓައިމް އަދި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށްޓަކައި ތަޖުރިބާކާރު މާސްޓަރު ޑިވެލޮޕަރެއް ނުވަތަ އޮޕަރޭޓަރެއް ހޯދުމެވެ. މި މަޝްރޫއަށް ބޭނުންވާ 70،471 އަކަމީޓަރުގެ ބިން އުލިގަމު ކައުންސިލާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިހާރު ވަނީ ހަމަޖައްސާފައެވެ. އުލިގަމުގައި ޔޮޓް މެރީނާއެއް އެޅުމަށް އެމްޕީއެލާއި އެ ރަށު ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 1 އޮގަސްޓު 2024 ގައެވެ.

މި މަޝްރޫއުގެ ދަށުން މެރީނާގެ އަސާސީ އުމްރާނީ މަސައްކަތްތައް ކުރިއަށްގެންދާނީ އެމްޕީއެލްއިންނެވެ. އޭގެ ތެރޭގައި ފަސް މީޓަރު ފުންމިނުގެ ބޭސިނަކާއި، ބްރޭކްވޯޓާ އަދި އައިއެސްޕީއެސް (ISPS) މިންގަނޑަށް ފެތޭ ބައިނަލްއަގުވާމީ އެންޓްރީ ފެސިލިޓީއެއް ގާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫއާ ހަވާލުވާ ފަރާތުން މެރީނާ އޮޕަރޭޓްކުރުމުގެ އިތުރުން، ހޮޓާ ނުވަތަ ބުޓީކް ރިސޯޓާއި، ރެސްޓޯރެންޓްތަކާއި، ފަޅުވެރިންނަށް ޚާއްސަ ވަސީލަތްތަކާއި، ވޯޓަސްޕޯޓްސް އަދި ވެލްނެސް ފެސިލިޓީތައް ތަރައްގީކުރަން ޖެހޭނެއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި މި މަންޒިލް އިޝްތިހާރުކޮށް، ޗާޓަރު ކުރާ ކުންފުނިތަކާ ގުޅުން ގާއިމުކުރުމަކީވެސް ޑިވެލޮޕަރުގެ ޒިންމާއެއް ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

އިންޑިއާ ކަނޑުގެ މައި ޔޮޓް ރޫޓުތައް ކަމަށްވާ އިރުދެކުނު އޭޝިއާއާއި، މެދުއިރުމައްޗާއި، އެފްރިކާ އަދި މެޑިޓަރޭނިއަން ގުޅުވައިދޭ މަގުގައި އުލިގަން އޮންނަނީ ޖިއޮގްރަފީ ގޮތުން ވަރަށް މުހިންމު ސަރަހައްދެއްގައެވެ. އެހެންކަމުން، ކޮންމެ އަހަރަކުވެސް ރާއްޖޭން ބޭރުން އަންނަ ގިނަ އަދަދެއްގެ ޔޮޓުތައް މިހާރުވެސް އެ ރަށަށް ބަނދަރުކުރެއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ޔޮޓުތަކަށް ރަނގަޅު ނިޒާމެއްގެ ތެރެއިން ޚިދުމަތްދީ، ރަސްމީ މެރީނާ އިގުތިސާދަކަށް މިކަން ބަދަލުކޮށް، އުތުރުގެ އިގުތިސާދު ސިންދަފާތުކޮށް ފަތުރުވެރިކަން ފުޅާކުރުމެވެ.

ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ. މަޝްރޫއާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ މި މަހުގެ 16 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.

ޝައުގުވެރިވާ ފަރާތްތަކުން ޕީޑީއެފް ފޯމެޓުގައި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ އެމްޕީއެލްގެ ޓެންޑަރ އީމެއިލަށެވެ. އަދި ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ވޭތުވެދިޔަ ތިން އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި ބޭންކް ރެފަރެންސް ސިޓީ ހިމަނަންޖެހެއެވެ.

މިއީ ވާދަވެރި ބީލަމުގެ މަރުހަލާގެ ފުރަތަމަ ފިޔަވަހި ކަމަށްވާތީ، މި ބުރުން ޝޯޓްލިސްޓުވާ ފަރާތްތަކަށް ތަފުސީލީ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހެޅުމަށް ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ފަހުން ދޫކުރާނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily