DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ތަރައްގީ ނުކުރާ ޓޫރިޒަމް ރަށްތައް އަތުލަން ނިންމައިފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 10, 2026
0
ތަރައްގީ ނުކުރާ ޓޫރިޒަމް ރަށްތައް އަތުލަން ނިންމައިފި
0
SHARES
40
VIEWS
Share on FacebookShare on Twitter

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމަށްފަހު އެއްވެސް ވަރަކަށް ތަރައްގީނުކޮށް އަށް އަހަރުވެ، ކުއްޔާއި ޖޫރިމަނާ 10 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައިވާ ތަންތަނުގެ އެއްބަސްވުން ބާތިލުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އައު ގަވާއިދެއް އެކުލަވާލައި މިއަދު އަމަލުކުރަން ފަށައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށް އަމަލުކުރަން ފެށި މި ގަވާއިދުގައި، ތަރައްގީކޮށް ނުނިންމައި ދިގު މުއްދަތެއް ފާއިތުވެފައިވާ ތަންތަނާ މެދު އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އިތުރު ފުރުސަތެއް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތްތަކުގެ ތެރޭގައި؛ ތަރައްގީކުރުމަށް ދިން މުއްދަތުން އަށް އަހަރު ފާއިތުވެފައިވުމާއެކު ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ 10 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވެފައިވާ އަދި އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައިނުވާ ތަންތަން ހިމެނެއެވެ.

މީގެ އިތުރުން، ގްރޭސް ޕީރިއަޑަށްފަހު ކޮންސްޓްރަކްޝަން ޕީރިއަޑު 60 މަސްދުވަހަށް ވުރެ ގިނަ ދުވަހަށް އިތުރުކޮށްފައިވާ ތަންތަނާއި، ކުލީގެ މުއްދަތުން އަށް އަހަރު ވެފައިވާ ނުވަތަ މަސައްކަތުގެ 15 ޕަސެންޓަށް ވުރެ ދަށް މިންވަރަކަށް މަސައްކަތް ހިނގާފައިވާ ތަންތަނުގެ އެއްބަސްވުން ވެސް އިތުރު ފުރުސަތަކާ ނުލައި ބާތިލުކުރެވޭނެއެވެ.

އައު ގަވާއިދުގައިވާ ގޮތުން، ގްރޭސް ޕީރިއަޑު ހަމަވެ މުއްދަތު އިތުރުކޮށްފައިނުވާ އަދި އަށް އަހަރު ހަމަނުވާ ތަންތަނަށް ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމަށް އެއް ފުރުސަތު ލިބޭނެއެވެ. ނަމަވެސް އެ މުއްދަތުގައި ޚިދުމަތް ދޭން ނުފަށައިފިނަމަ އެއްބަސްވުން ބާތިލުކުރެވޭނެއެވެ. އަދި އަށް އަހަރުވެފައިވާ ތަންތަނުގެ މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށްނުދާނަމަ ފިޔަވަޅު އެޅުމުގެ އިޚުތިޔާރު ވެސް މިނިސްޓްރީއަށް ލިބިގެންވެއެވެ. މި އުސޫލުތަކުގެ ދަށުން އެއްބަސްވުން ބާތިލުކުރި ނަމަވެސް، އަރައިފައިވާ ކުއްޔާއި ޖޫރިމަނާ ދައުލަތަށް ދައްކަންޖެހޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ފިޔަވަޅު އަޅާފައިވާއިރު، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަން އެބައޮތް ކަމަށާއި އޭގެ ތެރޭގައި 25 އަހަރު ވެފައިވާ ރަށްތައް ވެސް ހިމެނޭ ކަމަށެވެ. އަދި މިފަދަ ތަންތަނުން ދައުލަތަށް ނުލިބި 537 މިލިއަން އެމެރިކާ ޑޮލަރު އެބައޮތް ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖޭގައި މިހާރު 179 ރިސޯޓު ހިންގަމުން އަންނައިރު، ގައުމުގެ އިގުތިސާދާއި ދައުލަތުގެ އާމްދަނީ ބޮޑުތަނުން ބިނާވެފައިވަނީ ފަތުރުވެރިކަމަށެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 27 އާ ހަމައަށް ޓެކުހުގެ ގޮތުގައި ލިބުނު 11 ބިލިއަން ރުފިޔާގެ ތެރެއިން ހަތް ބިލިއަން ރުފިޔާއަކީ ޓީޖީއެސްޓީއެވެ.

މީގެއިތުރުން، ރާއްޖޭގެ އިގުތިސާދު ހަރުދަނާކޮށް ޑޮލަރު ހިފެހެއްޓުމަށްޓަކައި، ރިސޯޓުތަކުން މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު ސަރުކާރުން ވަނީ މިދިޔަ މަހު 20 ޕަސެންޓުން 40 ޕަސެންޓަށް އިތުރުކޮށް، ގަވާއިދު އިތުރަށް ހަރުކަށިކޮށްފައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily