DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އުދައްޔު މަރުގެ މައްސަލަ: ދެ މީހެއްގެ މައްޗަށް ދައުވާ ސާބިތުވެ، އެކަކު ސަލާމަތްވެއްޖެ

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
އޯގަސްޓް 25, 2025
0
އުދައްޔު މަރުގެ މައްސަލަ: ދެ މީހެއްގެ މައްޗަށް ދައުވާ ސާބިތުވެ، އެކަކު ސަލާމަތްވެއްޖެ
0
SHARES
34
VIEWS
Share on FacebookShare on Twitter

ގއ. މާމެންދޫގައި މިދިޔަ ހަތަރު އަހަރު ކުރިން ހިނގި ގުރޫޕު މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ ދެ މީހެއްގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން ސާބިތުކޮށްފައިވާއިރު، އެއް މީހަކު ވަނީ އެ ދައުވާއިން ސަލާމަތްވެފައެވެ. 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ހިނގި މި ހާދިސާގައި އުދައްޔު މަރުވިއިރު، އޭނާއަށް އޭރު 17 އަހަރެވެ.

މި މާރާމާރީގައި އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރުގެ ބުރަކައްޓަށް ވެސް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ. ފިރުޝާނަށް ގއ. އަތޮޅު ހޮސްޕިޓަލާއި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ފަރުވާދީފައެވެ. އުދައްޔުއަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީއެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި އޭނާ މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ ދައުލަތުން ތިން މީހެއްގެ މައްޗަށް އުފުލިއެވެ. އެއީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހުމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފު ރަޝިދާއި، ހަމަ އެރަށު ގުލްފާމުގެ، މުހައްމަދު މާޒިންއެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ޖުވެނައިލް ކޯޓުގައި ހިންގި ޝަރީއަތެއްގައި، ހާދިސާ ހިނގިއިރު 18 އަހަރު ނުވާ ކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން އުދައްޔު ގަސްދުގައި މެރުމުގެ ކުށުގެ ދައުވާ 2022 ވަނަ އަހަރު ސާބިތުވެ، 18 އަހަރާއި ނުވަ މަހަށް ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރުމަށް ހުކުމްކޮށްފައިވެއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، އުދައްޔުގެ މަރުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވީ މާޒިންއާއި ޝަމީމުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އުދައްޔު މަރުވި ޙަމަލާ ދިނީ އޭރު އުމުރުން 18 އަހަރު ނުވާ ކުއްޖާ ކަމަށްވީ ނަމަވެސް، އޭނާއާއެކު އެއް ޖަމާޢަތެއްގެ ގޮތަށް އެހީތެރިކަން ދޭ އުޞޫލުން މާޒިނާއި ޝަމީމް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން، އެ ތިން މީހުން ރަށުގެ ކޭވަނެބެއްޔާ މަގާއި ކަތިއްބެއްޔާ މަގާ ގުޅުނު ހަތަރު އަނގޮޅީގައި އެކުގައި މާރާމާރީ ހިންގުމުގައި އުޅުމާއި، ވަޅި ނުވަތަ ތޫނު އެއްޗެއް ހިފައިގެން އެ ތިން މީހުން އެކުގައި ހަތަރު އަނގޮޅިއަށް ދުވެފައި ދިޔަކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ހުކުމުގައި ބުނެފައިވާ ގޮތުގައި އެ ތިން މީހުން އުދައްޔާމެދު މާރާމާރީ ހިންގުމުގައި އުޅެފައިވާކަން ފާހަގަކުރެވޭއިރު، އުދައްޔު މަރާލުމުގައި މާޒިންއާއި ޝަމީމް ޢަމަލީގޮތުން ބައިވެރިވުމުގެ ޢަމަލުތަކެއް ކޮށްފައިވާކަން ސާބިތުވެއެވެ. އެހެންކަމުން، ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވީކަން މާޒިންއާއި ޝަމީމްގެ މައްޗަށް ސާބިތުވާކަމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ދައުވާ އުފުލި ޝަރަފުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާ ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވެއެވެ. އެއީ، މާރާމާރީ ހިންގި ވަގުތު ޝަރަފަށް ހުރެވުނު ސަބަބަކީ އޭނާ އިން ސައިކަލުގައި ފިރުޝާން ފައިން ޖަހައި ވައްޓައިލުމުން ކަމަށާއި، އުދައްޔުއާ މާރާމާރީ ހިންގަމުންދިޔަ ވަގުތު ޝަރަފް ހިނގާފައި ގޮސް އެ ސަރަހައްދުގައި ހުރި ގެއަކަށް ވަތްކަން ހެކިތަކުން އެނގެން އޮތުމުންނެވެ.

މީގެ އިތުރުން، މި މާރާމާރީގައި އަނިޔާވި ފިރުޝާނާމެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދަޢުވާ ވެސް ޝަމީމުގެ މައްޗަށް އުފުލާފައިވާއިރު، ފިރުޝާނާމެދު ހިންގި މާރާމާރީގައި ޝަމީމް ބައިވެރިވީ ކަމަށް އެއްވެސް ހެއްކަކު ބުނެފައި ނުވާތީ، އެ ދަޢުވާ ޝަމީމުގެ މައްޗަށް ސާބިތު ނުވާ ކަމަށް ވެސް ހުކުމުގައިވެއެވެ.

މި މައްސަލައިގައި ދައުވާތައް ސާބިތުކުރުމުން ދެން އޮންނާނީ އުދައްޔުގެ ވާރިސުންގެ ހެކިބަސް ނެގުމާއި އަދަބާ ގުޅިގެން ވާހަކަ ދެއްކުމާއި ހުކުމް ކުރުމެވެ. އެކަމަށް އަންނަ މަހު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily