DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ދަރަންޏަކީ ޙައްޤެއް، ނަގަންވާނީ ކޮންމެހެން ބޭނުންވެގެން: ޚުތުބާ

ޙަސަން ސަޢީދު by ޙަސަން ސަޢީދު
ސެޕްޓެމްބަރ 18, 2026
0
އެއް ވެހިކަލަށް ވުރެ ގިނައިން ގެންގުޅޭނަމަ ’މަލްޓިޕްލް އޯނާޝިޕް ފީ‘ އެއް
0
SHARES
32
VIEWS
Share on FacebookShare on Twitter

ދަރަނި ނަގަންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވާ ހާލަތުގައި އެކަނި ކަމަށާއި، އެ ހާލަތުގައި ވެސް ރިބާ ހިމެނޭ ދަރަނި ނެގުމުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ މާލީ މުއާމަލާތްތަކުގައި ތެދުވެރިވުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި، މާތްﷲ އިންސާނުންނަށް ދެއްވި މަތިވެރި ނިއުމަތްތަކުގެ ތެރޭގައި މުދާ ހިމެނެއެވެ. އެއީ އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި، ދުނިޔަވީ އެންމެހައި ޙާޖަތްތައް ފުއްދުމަށް ލައްވާފައިވާ ވަސީލަތެއް ކަމަށާއި، މުދަލަކީ އިންސާނާއާ ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެހެންކަމުން މުދަލުން ހޭދަކުރުމުގައި އިގުތިޞާދުކުރުމަކީ އިސްލާމްދީން ދައްކައިދީފައިވާ މަގެއްކަން ފާހަގަކޮށް، އިސްރާފުނުކުރުމަށާއި ދަހިވެތިނުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތްﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ކަމެއް ކަމަށާއި، އޭގެ ޚިލާފަށް އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓިގެންދާނެ ކަމެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

އަދާކުރެވޭނެ ގޮތެއް ނެތި ދަރަނި ނަގާ މައްސަލައަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ދަރަނީގެ މުޢާމަލާތަކީ އެ ކަމާ މެދު ނުހަނު ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެއް ކަމަށާއި، އެއީ ދަރަނިދޭ މީހާގެ ޙައްޤެއް ކަމަށް ވެސް ބުންޏެވެ.

”ދަރަނި ނަގާންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމައެވެ. އަދި މި ފަދައިން ދަރަންޏެއް ނަގާން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާށެވެ! އެހެނީ ރިބާގެ މުޢާމަލާތްތަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ،“ ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، މީސްތަކުންގެ މެދުގައި ވެވޭ މާލީ އެއްބަސްވުންތަކަށް އިޙުތިރާމުކުރުމާއި އެ އެއްބަސްވުންތަކަށް ތަބާވުމަކީ ވާޖިބެއް ކަމަށް ޚުތުބާގައި ބުންޏެވެ. އޭގެ ތެރޭގައި ދަރަންޏާއި، ގަނެވިއްކުމާއި، ކުއްޔަށްދިނުމުގެ އިތުރުން އެއްމެދު އެއްބަސްވުންތައް ހިމެނޭކަން ފާހަގަކުރިއެވެ.

ޚުތުބާގައި އިތުރަށް ބުނީ، ހަރުދަނާކަމާއެކު މާލީ މުޢާމަލާތްތައް ކުރުމަކީ ތިމާގެ ޙިކުމަތްތެރިކަމުގެ ޢަލާމާތެއް ކަމަށާއި، އެއީ ޢާއިލާއާއި މުޅި މުޖުތަމަޢު ހަރުދަނާވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އެހެންކަމުން، އަހަރެމެންގެ އެންމެހައި މާލީ ކަންކަމަކީ ﷲ ގެ ޙަޟުރަތާ ކުއްތަންވުމުގެ ތެރޭގައި ހިމެނޭ ކަންކަމަށް ހަދަންޖެހޭ ކަމަށް ޚުތުބާގައި ވަނީ ބާރުއަޅާފައެވެ.

މިއަދުގެ ޚުތުބާ ނިންމާލާފައިވަނީ، އެންމެހައި މުސްލިމުންގެ މުދަލުގައި ބަރަކާތްލައްވައި، ހެޔޮ ގޮތުގައި މުދާ ހޯދުމާއި ހޭދަކުރުމުގެ މަގު ފަހިކޮށްދެއްވައި، ސީދާވެގެންވާ ހެޔޮ މަގުން ހިނގުމުގެ ތައުފީޤު ދެއްވުން އެދި މާތްﷲ ގެ ހަޟުރަތުގައި ދުޢާ ދަންނަވަމުންނެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily