DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އެންމެ އިސްކަންދެނީ މަކުނުދޫ އެއަރޕޯޓް މަޝްރޫޢަށް: ރައީސް މުޢިއްޒު

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
އޯގަސްޓް 26, 2025
0
އެންމެ އިސްކަންދެނީ މަކުނުދޫ އެއަރޕޯޓް މަޝްރޫޢަށް: ރައީސް މުޢިއްޒު
0
SHARES
21
VIEWS
Share on FacebookShare on Twitter

ހދ. މަކުނުދޫގެ ތަރައްޤީއަށް އެންމެ އިސްކަންދެއްވަނީ އެއަރޕޯޓް ތަރައްޤީކުރުމަށްކަމަށާއި، އެމަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަކުނުދޫއަކީ އެންމެ އެކަހެރިކޮށް އޮންނަ ރަށްކަމަށްވެފައި، ދަތުރުފަތުރުކުރުމަށްވެސް ދަތިތަކެއްހުރިކަމަށެވެ. އެހެންކަމުން، ދުރުރާސްތާއަށް ދެމެހެއްޓެނިވި ތަރައްޤީއަށް އެއަރޕޯޓެއް ތަރައްޤީކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، އެއީ ދަތުރުފަތުރާއެކު އިޤްތިޞާދީ ތަރައްޤީވެސް މަތީ ހަރުފަތަކަށް ގެންދެވޭނެ މަޝްރޫޢެެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަކުނުދޫއަށް ކުރެއްވި ދަތުރުފުުގައި، އެރަށުގައި 1800 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރެއްވިއެވެ. މި މަޝްރޫޢާއެކު، ރަށުގެ ބޯހިޔާވަހިކަމަށް ބޭނުންވާ 22 ހެކްޓަރުގެ ބިމާއި، އެއަރޕޯޓުގެ ޢުމްރާނީ ވަސީލަތްތައްވެސް ހިއްކައި ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެއަރޕޯޓް ހިންގުން އެމްއޭސީއެލްއާ ހަވާލުކުރެވި، އެކުންފުނިން އެމްޓީސީސީއާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން މި މަސައްކަތް ކުރިއަށްގެންދާނެއެވެ. ރައީސް ވިދާޅުވީ ވީހާވެސް އަވަހަށް މި މަސައްކަތް ނިންމުމަށް އިސްކަންދެއްވާނެކަމަށެވެ.

މީގެ އިތުރުން، ރައީސްގެ މި ދަތުރުފުޅުގައި ވަނީ މަކުނުދޫއިން ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށްޓަވައިފައެވެ. އަދި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުވެސް ކުންފުނިތަކާ ހަވާލުކުރެއްވިއެވެ. އެރަށުގައި އަލަށް ޤާއިމްކުރެވޭ ސިއްޙީ މަރުކަޒާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތްވެސް ވަނީ ރައީސް ފަށްޓަވައިދެއްވާފައެވެ.

ސިއްޙީ ދާއިރާގެ ތަރައްޤީއަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، މަކުނުދޫގައި ތަރައްޤީކުރާނީ އެންމެ މަތީ ފެންވަރުގެ ލެވެލް 4ގެ ސިއްޙީ މަރުކަޒެއްކަމަށެވެ. މި މަރުކަޒާއެކު ޖާގަ އިތުރުވެ، ވަސީލަތްތައް ޤާއިމްވެ، ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތާއި، އެކްސްރޭއާއި ސްކޭނިންގެ ޚިދުމަތްތާއި، ޑައިލިސިސްގެ ޚިދުމަތްފަދަ މުހިންމު ޚިދުމަތްތައް ލިބިގެންދާނެއެވެ. މިހާރު ހުރި ފެސިލިޓީގެ ތެރެއިންވެސް ބަޖެޓުގެ ތެރެއިން މި ޚިދުމަތްތައް އަވަހަށް ފެށޭނެ ގޮތް ހައްދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއަށް ކުރިއެރުން ލިބޭނެކަމަށް ރައީސް ވިދާޅުވި މަކުނުދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެތެރޭގައި ނިމޭނެކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން، އެރަށުގެ ބިން ހިއްކުން ނިމުމުން، ގެދޮރުވެރިކަމުގެ ޚާއްޞަ މަޝްރޫޢުއެއް ހިންގާނެކަމަށާއި، އެމަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަން ރައީސް ވަނީ ޔަޤީންކަން ދެއްވާފައެވެ.

އިޤްތިޞާދީ ތަރައްޤީއަށްޓަކައި، މަކުނުދޫގައި މިހާރު ހުރި އައިސްޕްލާންޓް ފުރިހަމައަށް ހިނގާނެގޮތް ހެދުމަށް ސަރުކާރުގެ މަސްކުންފުނިކަމަށްވާ މިފްކޯއާ ހަވާލުކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދެން އެރަށަށް ވަޑައިގަންނަވާނީ ވީހާވެސް އަވަހަށް އެއަރޕޯޓް މަޝްރޫޢު ނިންމަވައި، ގިނަ މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކުރުމަށްކަމަށެވެ.

Tags: ރައީސް ޑރ. މުހައްމަދު މުއިއްޒު

Related Posts

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

ސެޕްޓެމްބަރ 26, 2026
ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ސެޕްޓެމްބަރ 24, 2026
ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ސެޕްޓެމްބަރ 17, 2026
ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ސެޕްޓެމްބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily