DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ހުރިހާ ޤައުމަކަށް ހަމަހަމަ ފުރުޞަތު ހޯދައިދޭން ރާއްޖެއިން ވަކާލާތުކުރާނެ: ރައީސް

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 22, 2026
0
ހުރިހާ ޤައުމަކަށް ހަމަހަމަ ފުރުޞަތު ހޯދައިދޭން ރާއްޖެއިން ވަކާލާތުކުރާނެ: ރައީސް
0
SHARES
8
VIEWS
Share on FacebookShare on Twitter

އެކުވެރި ދައުލަތްތައް (އދ.) ގައި ހުރިހާ ޤައުމަކަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށާއި، އެ ޖަމުޢިއްޔާއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ރާއްޖޭން އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖެ، އދ. ގެ މެންބަރު ޤައުމަކަށްވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ. ދިވެހިރާއްޖެ އދ. ގެ މެންބަރު ޤައުމަކަށް ވެފައިވަނީ 21 ސެޕްޓެމްބަރ 1965 ގައެވެ.

ރައީސް ޑރ. މުޢިއްޒުގެ މެސެޖުގައި ވިދާޅުވީ، އދ. ގެ ތެރޭގައި ހުރިހާ ޤައުމަކަށް ހަމަހަމަކަމާއެކު ތަމްސީލުވުމުގެ ފުރުޞަތު ހޯދައިދިނުމުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، އެ ޤައުމުތަކުގެ މާނަހުރި ބައިވެރިވުން ކަށަވަރުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށާއި މޫސުމީ ބަދަލުތަކަށް ވިލުންތެރި ބައިނަލްއަޤްވާމީ އިޤްތިޞާދެއް ބައްޓަންކުރުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އިއްވުމަށް އދ. އާއެކު ގާތުން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި، ދަރަނީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތައް ހޯދައި ދަރަނި މެނޭޖުކުރުމާއި، އެކަށީގެންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތު ކުރަމުންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ. ގައި ރާއްޖެއިން ހޭދަކުރި ހަ ދަހަރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށާއި ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ ވުމުގައި އެ ޖަމުޢިއްޔާއިން އަދާކުރި މުހިންމު ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ރާއްޖެއިން ކަނޑައަޅާފައިވާ ޤައުމީ ތަޞައްވުރު ޙާޞިލްކުރުމުގައިވެސް އދ. އާއެކު އޮތް ގުޅުން ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އދ. ގެ ތެރޭގައި ރާއްޖޭގެ ބައިވެރިވުމާއި އިސްދައުރު ދަނީ ފުޅާވަމުންނެވެ. އެގޮތުން، އދ. ގެ ޢާންމު މަޖިލީހާއި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ނައިބު ރައީސްކަން ރާއްޖެއިން ކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި ’ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން‘ އަދި ’އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް‘ ގެ މެންބަރުކަން ރާއްޖެއިން އަދާކުރާނެއެވެ. އަދި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހާއި ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި އދ. ގެ ޗާޓަރަށް ރާއްޖޭން އަބަދުވެސް އިޙްތިރާމްކުރާނެކަން ކަށަވަރުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ދޭދޭ ގުޅުމާއި މަޝްވަރާތަކަށް އިސްކަންދިނުމަކީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، 1965 ގައި ރާއްޖެ އދ. އާ ގުޅުނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަންނަ ޤައުމަކަށްވުމަށާއި އެހެން ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ނަމަވެސް، މިއަދު ރާއްޖެ އޮތީ އެއަށްވުރެ މާ ބޮޑެތި ބައިނަލްއަޤްވާމީ ޒިންމާތަކެއް އުފުލުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily