މޫދަށް ފީނަން ގޮސް އުޅުނު ދިވެހި ޒުވާނަކު ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ރ. ދުވާފަރު، ލިލީމާގޭ، އުމުރުން 30 އަހަރުގެ މުހައްމަދު ޝައްފާނެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވީ، ފީނަން ގޮސް އުޅުނު ޒުވާނަކު ހާލު ދެރަވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 15:15 ހާއިރު ކަމަށެވެ. އަދި އެ ޒުވާނާ ސަލާމަތްކޮށްގެން ވަގުތުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.





