DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ހިރިމަރަދޫގައި ގޯތި ބެހުމުގެ ކަންކަން ނުކުރަން އެދިއްޖެ

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
އޯގަސްޓް 26, 2025
0
ހިރިމަރަދޫގައި ގޯތި ބެހުމުގެ ކަންކަން ނުކުރަން އެދިއްޖެ
0
SHARES
26
VIEWS
Share on FacebookShare on Twitter

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ދަނޑިވަޅެއްގައި، ހިރިމަރަދޫގައި މިހާރު ލިބިފައިވާ ގޯއްޗެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރުމާއި، ގޯތި ބައިކުރުމާއި، އެއްމެދު ކުރުންފަދަ، ގޯތީގެ ރަޖިސްޓްރީއަށް ބަދަލު އަންނަ އެއްވެސް ކަމެއް ނުކުރެއްވުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިލްތިމާސް ކުރައްވައިފިއެވެ.

މި އިލްތިމާސް މި ކުރެއްވީ، ހިރިމަރަދޫ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށާއި، އެރަށު ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ގެދޮރާއި ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، އެ ރަށު ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެންނެވެ. މި ނިންމެވުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާއެއްގައި މިމަހުގެ 24 ވަނަ ދުވަހު ވަނީ އިޢުލާނުކުރައްވާފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، ހިރިމަރަދޫން ހަނިމާދުއަށް ބަދަލުވާ ރައްޔިތުންގެ ތެރެއިން މިހާރު ގޯތިގެދޮރު ހުރި ކޮންމެ ރައްޔިތަކަށް ހަނިމާދޫއަށް އަލަށް ބަދަލުވާ ސަރަޙައްދުން ގެ ލިބޭނެ ކަމަށެވެ. އަދި މިހާރު ގޯތި އޮވެ އިމާރާތެއް ނެތް ކޮންމެ ރައްޔިތަކަށް ވެސް ގެ ލިބޭނެކަމުގެ ޔަގީންކަން ވުޒާރާއިން ދެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ހިރިމަރަދޫން ހަނިމާދުއަށް ބަދަލުވާ އެއްވެސް ރައްޔިތަކަށް ގެދޮރު ނެތި ނުތިބޭނެކަން ކަށަވަރުކުރެވޭނެ ކަމަށް ވެސް ވުޒާރާއިން ހާމަކުރައްވައެވެ.

މި މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ހދ. ހިރިމަރަދޫގެ ރައްޔިތުންނަށް ގެދޮރު އިމާރާތްކުރުމާގުޅޭ ތަފްޞީލީ ސަރވޭތައް ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗަރ ދެނެގަތުމާއި، މުޅި މަޝްރޫޢަށް ހިނގާނެ ފުރިހަމަ ޚަރަދު ދިރާސާއާއި ބަޖެޓް ތައްޔާރުކުރުމަށް އެޗްޑީސީއާ ޙަވާލުކުރެވިފައިވެއެވެ. އެއަށްފަހު 18 މަސްދުވަހުގެ ތެރޭގައި ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެވިގެން ދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ގޯތި ގެދޮރު ދިނުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ގޯތި ލިބިފައިވާ ފަރާތްތަކަށް ކަމަށް ވުޒާރާއިން އިތުރަށް ހާމަކުރެއްވިއެވެ. މިކަމަށްޓަކައި، ގޯއްޗާ ގުޅޭ އެއްވެސް މުޢާމަލާތެއް ނުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily