DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އިންޖީނިއަރުންގެ ގައުމީ އެވޯޑު އަންނަ އަހަރުން ފެށިގެން ދިނުމަށް ރައީސް ނިންމަވައިފި

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
އޯގަސްޓް 30, 2025
0
އިންޖީނިއަރުންގެ ގައުމީ އެވޯޑު އަންނަ އަހަރުން ފެށިގެން ދިނުމަށް ރައީސް ނިންމަވައިފި
0
SHARES
9
VIEWS
Share on FacebookShare on Twitter

ގައުމީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ދިވެހި އިންޖީނިއަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން އެ ދާއިރާގެ ފަންނާނުންނަށް ގައުމީ އެވޯޑު ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން އެމަނިކުފާނު ހާމަކުރެއްވީ، މިއަދަކީ ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް“ ކަމުގައި ފާހަގަކުރެވޭ މުނާސަބަތުގައެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ރައީސް މުއިއްޒު ވަނީ، މާލެއާއި ހުޅުމާލެއާއި ހުޅުލެ ގުޅައިލާ ”ސިނަމާލެ“ ބުރިޖު ހުޅުވުނު ދުވަހަކީ އޮގަސްޓް 30 ކަމަށްވާތީ، މި ދުވަސް ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް“ ކަމުގައި ކަނޑައަޅުއްވާފައެވެ. މިއަދު ފާހަގަކުރަމުންދާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިތާބުގައި، އިންޖިނޭރުން ގައުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސިނަމާލެ ބުރިޖު ހުޅުވިތާ މިއަދަށް ހަތް އަހަރު ފުރޭއިރު، ރައީސް ވިދާޅުވީ، މި ބުރިޖުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށާއި އިޤްތިޞާދުގެ އިތުރަށް އިޖްތިމާޢީ ހުރިހާ ޚިދުމަތަކަށްވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ، 2040 ވަނަ އަހަރަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި ޑިޖިޓަލް ރާއްޖެއަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމުގެ އިތުރަށް އިޢާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމުގައާއި މިގައުމު އޮތީ އެކި ދާއިރާތަކުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށް އިންޖިނޭރުންގެ ޢިލްމާއި ތަޖުރިބާއާއި އެހީތެރިކަމަށް ބޭނުންވެފައި ކަމަށެވެ.

އިންޖިނޭރުންނަށް ގައުމީ އެވޯޑު ދިނުމުގެ އިތުރުން، އެ ފަރާތްތަކުގެ ޢިލްމީ ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށާއި އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ، ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރު ކުރައްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައީސްގެ ޚިޠާބު ނިންމަވާލެއްވީ، ދިވެހި ކާބަފައިންނަކީ މާޒީގައިވެސް ފަންނުވެރި ހުނަރުވެރި ބައެއް ކަމަށާއި އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ރާއްޖޭގެ ތަރައްގީ ނެގެހެއްޓުމުގައި ދިވެހި އިންޖިނޭރުން އަދާކުރެއްވި ގައުމީ ވާޖިބަށް ސާބަހާއި ތާރީފު ޙައްގުކަން ފާހަގަކުރައްވަމުންނެވެ.

އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން ކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ސިނަމާލެ ބުރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ބިނާކުރި ބުރިޖެކެވެ. ބުރިޖުގެ މަސައްކަތް ނިންމާ، ރަސްސްމީކޮށް ބުރިޖު ހުޅުވީ 2018 ވަނަ އަހަރުގެ އޯގަސްޓް 30 ވަނަ ދުވަހެވެ. އެ ބުރިޖުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދިޔައިރު، އޭރުގެ ހައުސިން މިނިސްޓަރަކީ މިހާރުގެ ރައީސް މުއިއްޒުއެވެ.

Tags: ރައީސް ޑރ. މުހައްމަދު މުއިއްޒު

Related Posts

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

ސެޕްޓެމްބަރ 26, 2026
ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ސެޕްޓެމްބަރ 24, 2026
ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ސެޕްޓެމްބަރ 17, 2026
ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ސެޕްޓެމްބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily