މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މ.މުލިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މުލި / ރުއްކަރަ، ނައުފަލް އަހްމަދު (33އ) ކަމަށެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 31 ރަބަރު ޕެެކެޓު ފެނިފައިވާ ކަމެށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި، ކޯޓުން އަމުރުކުރީ 30 ދުވަހަށް އޭނާ ބަންދުކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.





