މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދަނީ ބ.ކެންދޫ، މަންޒިލް، ޝަހުމުﷲ ސާޖިދު (33އ) ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ ޚަބަރެއް އާއިލާއަށް ނުލިބި، ގެއްލިފައިވާ ކަމަށް މި ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
”ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވޭ.“ ފުލުހުން ބުންޏެވެ.
ޝަހުމުﷲ ސާޖިދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.





