މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ބ. ކެންދޫ، އުމުރުން 33 އަހަރުގެ ޝަހުމުﷲ ސާޖިދު ފެނިއްޖެ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކުރައްވާފައެވެ.
ފުލުހުން ވިދާޅުވީ، ޝަހުމުﷲ ސާޖިދު ރަށެއްގައި ހުރިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ޝަހުމުﷲ ސާޖިދު ގެއްލިފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭއެވެ.
އާއިލާއަށް އޭނާގެ ޚަބަރެއް ނުވެ، ކަންބޮޑުވުންތައް ކުރިމަތިވެފައިވާތީ، ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.





