”ސައުތު އޭޝިއަން ސުޕަ ކަޕް 2025“ ގައި ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރި ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.
ރާއްޖެއިން މި މެޗު ކާމިޔާބުކުރީ 3-0 ލަނޑުންނެވެ.
ލަންކާގެ ރޭސްކޯސް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ރާއްޖޭ ޓީމުން ފުރަތަމަ ލަނޑު ޖެހީ ނާއިޒު ޙަސަނެވެ.
ނާއިޒުގެ މި ލަނޑާއެކު ރާއްޖޭން ލީޑު ނަގައި، ސްރީލަންކާ ހާފު ގެތެރޭގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފަހިކުރިއެވެ.
އެގޮތުން ރާއްޖޭން ދެވަނަ ލަނޑު ޖެހީ މެޗުގެ 34 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.
މި މެޗުގެ 61 ވަނަ މިނެޓްގައި ލަންކާއިން ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ނަމަވެސް ރެފްރީ ފަހުން ނިންމާފައިވަނީ އެއީ ގޯލެއް ނޫން ކަމަަށެވެ.
ރާއްޖޭ ޓީމުން ތިންވަނަ ލަނޑު ޖެހީ މެޗުގެ 91 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ ޢަލީ ފާސިރު (ސެންޓޭ) އެވެ.





