DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ނޭޕާލުގައި މީޑިއާ ”އުލުބައިންދަން“ ފުރުސަތެއް ނުދިން، ރައީސް މުޢިއްޒު ވެސް ގޮތްދޫކުރައްވާ: ޝިފާޒް

މުހައްމަދު އާސިފް by މުހައްމަދު އާސިފް
ސެޕްޓެމްބަރ 9, 2025
0
ނޭޕާލުގައި މީޑިއާ ”އުލުބައިންދަން“ ފުރުސަތެއް ނުދިން، ރައީސް މުޢިއްޒު ވެސް ގޮތްދޫކުރައްވާ: ޝިފާޒް
0
SHARES
229
VIEWS
Share on FacebookShare on Twitter

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮތްދޫކުރެއްވުމަށްފަހު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލު ފާސްނުކޮށް، އެ ބިލު އަނބުރާ ނެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޝިފާޒް (ޝިއްޕެ) ގޮވައިލައްވައިފިއެވެ.

ނޫސްވެރިންނަށް މިނިވަންކަމާއެކު އެ މީހުންގެ ޒިންމާތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް އެކުލަވައިލައިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލު މަޖިލީހުން ބަލައިގަތީ، ބިލު ބޭރުކޮށްލަން ނޫސްވެރިންނާއި، ރާއްޖެއާއި ބޭރުގެ ޖަމިއްޔާތަކުން ގޮވައިލަމުން ދަނިކޮށެވެ.

މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. މި ބިލު ބޭރުކޮށްލުމަށް ގޮވައިލައި ނޫސްވެރިން ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ސޯޝަލްމީޑިއާގައި ވެސް ނޫސްވެރިން ދަނީ ބިލު ބޭރުކޮށްލުމަށް ސަރުކާރަށް ގޮވައިލަމުންނެވެ. މީގެއިތުރުން މި މަހުގެ ތިންވަނަ ދުވަހު 150 އަށްވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުޢިއްޒާއި، މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވައިލައި ނޫސްވެރިން އަޑުއުފުލަމުންދާއިރު، ނޭޕާލުގެ ސަރުކާރުން ފޭސްބުކާއި، އިންސްޓަގްރާމާއި، ޔޫޓިއުބާއި، ވަޓްސްއެޕް ހިމެނޭ ގޮތަށް 26 މުހިންމު ޕްލެޓްފޯމެއް ބޭންކުރަން ނިންމި ނިންމުމާ ގުޅިގެން، އެ ގައުމުގެ ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން ޕްރެޝަރު ބޮޑުވެ، ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ ވަނީ މަގާމުން ވެސް އިސްތިއުފާ ދެއްވައިފައެވެ.

ނޭޕާލުގެ މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޭޕާލުގައި މީޑިއާ ”އުލުބައިންދަން“ ފުރުސަތެއް ނުދިން ކަމަށެވެެ. އެހެންކަމުން ރައީސް ޑރ. މުޢިއްޒު ވެސް ގޮތްދޫކުރައްވައިފައި، އެ ބިލު އަނބުރާ ނެންގެވުމަށް ޝިފާޒް އެދިވަޑައިގެންނެވިއެވެ.

”ރައީސް ‎ޑރ. މުޢިއްޒު ގޮތްދޫކުރައްވާ! އޮޔާ ވަޔާ ދެކޮޅަށް ދުއްވުމަކީ ދަތިކަމެއް.“ ސިޔާސީ ދާއިރާގައި ތަޖުރިބާކާރު ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒްގެ ޕޯސްޓާ ގުޅިގެން ”ދިޑެއިލީ“ އަށް އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮންމެ މީހަކު ވެސް ސިޔާސީ ދާއިރާއަށް ނުކުންނަންވާނީ ފާޑުކިޔުންތައް އަމާޒުވާނެކަން އެނގިވަޑައިގެން ހުންނަވައި ކަމަށާއި، އާދާއިގެ ވަޒީފާއެއްގައި ހުންނަ މީހަކަށްވުރެ ބޮޑަށް ސިޔާސީ މަގާމެއްގައި ހުންނަވާ ބޭފުޅަކަށް މާބޮޑަށް ފާޑުކިޔުންތައް އަމާޒުވާނެ ކަމަށެވެ. އެހެންކަމުން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ނުވަތަ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން، ޚިޔާލު ފާޅުކޮށް ނޫސްވެރިން ލިޔުންތައް ލިޔުނު ކަމުގައިވިޔަސް، މިނިވަން ނޫސްވެރިކަމުގައި ތަޅުއަޅުވަން އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މީޑިއާ ބިލާ ގުޅޭ ގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖު ކުރަމުންދާއިރު، ރައީސް ޑރ. މުޢިއްޒު ވެސް އެ އަޑު އައްސަވަންޖެހޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެސް ރައްޔިތުންގެ އަޑު ނާހައި، ސަރުކާރުން ކުރިއަށްދާނަމަ، ނޭޕާލްގައި ކަންކަން ދިމާވި ގޮތަށް ކަންކަންވުމަކީ އެކަށީގެންވާ ކަމެކެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލަށް ބަލާއިރު، މި ބިލު އެކުލަވައިލައިފައިވަނީ ނޫސްވެރިންނަށް މިނިވަންކަމާއެކު، އެ މީހުންގެ ޒިންމާތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް ކަމަށާއި، އެ ޒިންމާ އިތުރަށް ހަނިވެ ވަކި ބަޔަކަށް ނޫސްވެރިން ކުރާ މަސައްކަތަށް ބާރު ފޯރުވޭ ގޮތަށް ކަމަށް ނޫސްވެރިން ހުށަހަޅާފައިވާ ޕެޓިޝަނުގައި ބުނެފައިވެއެވެ. އަދި މި ބިލުގައި އުފައްދަން ބުނާ ކޮމިޝަނުން މައްސަލައެއް ބަލަން ފަށަމުން ވެސް ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން ވަކި ނޫސްތަކަށް ޓާގެޓުކޮށް ވަކި މުއްދަތެއް ނެތް ގޮތަށް ނޫސްތައް ބަންދުކޮށްފައި ބެހެއްޓުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ބުނެފައިވެއެވެ.

ހަމައެއާއެކު ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރުން ހިންގާ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލުކުރުން ވާނީ މީޑިއާގެ މިނިވަންކަން ގެއްލި މިނިވަން ނޫސްވެރިކަން ހީނަރުވެގެންދާ ނިންމުމަކަށް ކަމަށް ވެސް ނޫސްވެރިން ރައީސާއި، މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ބުނެފައިވެއެވެ.

Tags: ރައީސް ޑރ. މުހައްމަދު މުއިއްޒުމީޑިއާ ބިލްމުޙައްމަދު ޝިފާޒް (ޝިއްޕެ)

Related Posts

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

ސެޕްޓެމްބަރ 26, 2026
ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ސެޕްޓެމްބަރ 24, 2026
ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ސެޕްޓެމްބަރ 17, 2026
ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ސެޕްޓެމްބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily