DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމުން ހަށިގަނޑަށް އަންނަ ހެޔޮ ބަދަލުތައް

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 15, 2025
0
ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމުން ހަށިގަނޑަށް އަންނަ ހެޔޮ ބަދަލުތައް
0
SHARES
109
VIEWS
Share on FacebookShare on Twitter

ދުންފަތުގެ އިސްތިޢުމާލަކީ ދިވެހިރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ގިނަ ބަލިތަކެއްގެ މައިގަނޑު ސަބަބު ކަމަށް ވާއިރު، މިކަން ހުއްޓާލުމަކީ ސިއްޙަތަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމުން، ތިބާގެ ހަށިގަޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އެކި މަރުޙަލާތަކުގައި އަންނަން ފަށައެވެ. މިކަމުގެ ސަބަބުން ލިބޭ ސިއްޙީ ފައިދާތަކުގެ އިތުރުން، އިޖްތިމާޢީ އަދި މާލީ ގޮތުންވެސް ފައިދާ ކުރާނެ ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން މުޅިންހުއްޓާލުމުގެ މާނައަކީ، ދުންފަތަށް ދެވިހިފާފައިވާ (އެޑިކްޓް) މީހަކު އެކަމުން ދުރުވެގަތުމެވެ. މިކަމަކީ، ތިމާގެ ސިކުނޑީގެ ނާރުތައް އަލުން ގުޅުވައި ވައިރިން ކުރުން ފަދަ ކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ. މިކަން ކުރުމަކީ ފަސޭހަ ކަމެއް ނޫނަސް، ހަށިގަނޑަށް ލިބޭ ފައިދާތައް ދިރިއުޅުމުގެ ކޮންމެ މަރުޙަލާއަކުންވެސް ފެންނަން ފަށައެވެ.

ދުންފަތުން ދުރުވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް:

  • 20 މިނިޓްތެރޭގައި: ސިނގިރޭޓް ނުބޮއި ހުއްޓާލާތާ 20 މިނިޓް ތެރޭގައި ހިތުގެ ހިނގުން ދަށްވުމަށްފަހު އާއްމު ޙާލަތަށް އެޅޭނެއެވެ. އަދި ލޭގެ ޕްރެޝަރ ދަށްވުމަށްފަހު ހަމަޔަކަށް އެޅޭނެއެވެ.
  • 12 ގަޑި އިރުތެރޭގައި: ހަށިގަނޑުގެ އެތެރޭގައި ގިނަވެފައި ހުންނަ ކާރބަން މޮނޮކްސައިޑް ބޭރު ކުރަން ފަށާނެއެވެ. އޮކްސިޖަން ހުންނަންވާ ވަރަށް ހަމަކަށް އެޅުމުން ކާރބަން މޮނޮކްސައިޑް ވެސް ހަމަޔަކަށް އެޅިގެން ދާނެކަމަށް ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
  • 24 ގަޑި އިރަށްފަހު: ދުންފަތުގެ އިސްތިޢުމާލު ނުކުރާތާ 24 ގަޑިއިރަށް ފަހު ހާޓްއެޓޭކް ޖެހުމުގެ މިންވަރު ކުރިއަށް ވުރެ ކުޑަވެގެންދާނެއެވެ.
  • ދެ ދުވަސްތެރޭގައި: ވަސްބެލުމާއި ރަހަބެލުމުގެ އިޙްސާސް ރަނގަޅުވެގެން ދާނެއެވެ.
  • ތިން ދުވަސްތެރޭގައި: ހަށިގަނޑުގައި ހުރި ދުމުގެ ވިހައިގެ އަސަރު މަދުވެގެން ދާނެއެވެ.
  • އެއް މަސް ދުވަސްތެރޭގައި: ފުއްޕާމޭ މަސައްކަތް ކުރާ މިންވަރު އިތުރު ވެގެންދާނެއެވެ. ފުއްޕާމޭގައި ހުންނަ ކުދި އިސްތަށިތައް (ސިލިއާ) އަލުން ދިރި، ހިތުގެ ހޮޅިތައް ބެދުމުގެ ފުރުޞަތު ކުޑަވެގެން ދާނެއެވެ.
  • ފަސް އަހަރުތެރޭގައި: ލޭހޮޅިއާއި ނާރުތައް ހަމަޔަކަށް އެޅުމަށް ގާތްގަޑަކަށް ފަސްއަހަރު ނަގާނެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމުން ތިމާގެ ހަށިގަނޑު ހަމަޔަކަށް އެޅުމަށް ގިނަ ދުވަސްތަކެއް ނެގިނަމަވެސް، ހަށިގަނޑު އަމިއްލައަށް ރަނގަޅުވާން ފަށާނެއެވެ.

ދުންފަތަށް ބޭނުންވާ ހިތްވުން ކޮންޓްރޯލް ކުރާނެ ގޮތްތައް:

ސައުވީސް ގަޑި އިރުތެރޭގައި މީހަކު ސިނގިރޭޓް ބޯހިތްވާން ފަށާނީ ދުވަހަކު ތިންފަހަރު ކަމަށާއި، އޭގެ އަސަރު ހުންނާނީ ގިނަވެގެން ތިންމިނެޓަށް ކަމަށްވެއެވެ. މިވަގުތުކޮޅު ދުންފަތުގެ އިސްތިޢުމާލު ނުކޮށް މަޑުކޮށް ލެވިއްޖެނަމަ، މަޑުމަޑުން ދުންފަތުގެ އިސްތިޢުމާލު ކުރާ ހިތްވުން ފިލައިދާން ފަށާނެއެވެ. މިކަމުން ދުރުވުމަށް އެހީތެރިވާނެ ބައެއް ކަންތައްތަކަކީ:

  • ގިނައިން ފެން ބުއިން.
  • ފުންކޮށް ނޭވާ ލުން.
  • ދުންފަތުގެ އިސްތިޢުމާލު ކުރުން މަޑުކޮށްލުން (މިސާލަކަށް: ފަހުން ބޮއިލާނަމޭ ހިތާލުން).
  • ފަސޭހައިން ކޮށްލެވޭ އެހެން ކޮންމެވެސް ކަމެއްގައި މަޝްޢޫލުވެލުން.

ދުންފަތަކީ ގައިންގަޔަށް ނާރާ ގިނަ ބަލިތަކުގެ އަސްލުކަމަށް ވާއިރު، ކިތައްމެ އުނދަގުލުން ނަމަވެސް ދުންފަތާއި ދުރުވުމަށް މަސައްކަތްކޮށް، މިކަމުން ސަލާމަތްވާން އެބަޖެހެއެވެ. އޭރުން ޞިއްޙީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ތިބާއަށް ގިނަގުނަ ފައިދާތައް ކުރާނެ ކަން ކަށަވަރެވެ. ތިބާގެ އަމިއްލަ ޞިއްޙަތާއި ޢާއިލާގެ ޞިއްޙަތަށްޓަކައިވެސް މިކަމުން ދުރުވާން މަސައްކަތް ކުރަން އެބަ ޖެހެއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily