DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ސީޒަން ހުޅުވި މެޗު މާޒިޔާއިން ކާމިޔާބުކޮށްފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 16, 2025
0
ސީޒަން ހުޅުވި މެޗު މާޒިޔާއިން ކާމިޔާބުކޮށްފި
0
SHARES
36
VIEWS
Share on FacebookShare on Twitter

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ރޭ ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ކާމިޔާބުކޮށްފިއެވެ. ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ ވާދަވެރި އީގަލްސްއާ ވާދަކޮށް 2-0 ލަނޑުންނެވެ. މިއީ މި ޝީލްޑް މާޒިޔާއިން ކާމިޔާބުކުރި ހަވަނަ ފަހަރެވެ.

ދޮޅު އަހަރަށްފަހު ރާއްޖޭގައި ފުރަތަމަ ޑިވިޝަންގެ މުބާރާތްތައް ފެށުމަށް ކުޅެވުނު މި މެޗުގައި މާޒިޔާއަށް ލަނޑުތައް ޖަހައިދިނީ އަހުމަދު އައިހަމް އާއި ނާއިޒު ހަސަން އެވެ. މި މެޗަށްފަހު، މާޒިޔާއަށް ލިބުނު ޗެރިޓީ ޝީލްޑްގެ ފައިސާގެ އެއްބައި ރާއްޖޭގައި ލޮލުގެ ފެނުމުން މަހްރޫމްވެފައިތިބޭ ކުދިންގެ ޖަމިއްޔާއަށް ހަދިޔާކުރަން ނިންމާފައިވާކަން އެޓީމުން ވަނީ ހާމަކޮށްފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ އީގަލްސްއިންނެވެ. މެޗުގެ 12 ވަނަ މިނިޓުގައި މާޒިޔާގެ ޕެނަލްޓީ އޭރިއާ ބޭރުން އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ އުގުލީ އަބްދުލް މާލިކު ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ. މާޒިޔާގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ މެޗުގެ 18 ވަނަ މިނިޓުގައެވެ. ނާއިޒު އޭރިއާތެރެއިން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، މާޒިޔާގެ ހަމްޒާ މުހައްމަދު އާއި އީގަލްސްގެ އިބްރާހީމް ރިޒުވާންއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މާޒިޔާ އިން ޖެހި ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުތަކުގައެވެ. އޭރިއާ ބޭރުގައި ހުރެފައި އައިހަމް ފޮނުވާލި ބޯޅަ އީގަލްސް ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލަށް ވަނީ ވެއްދިފައެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 51 ވަނަ މިނިޓުގައި ފެނިގެންދިޔައީ އީގަލްސްގެ ހަމަލާއެކެވެ. އޭރިއާ ބޭރުން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ މާޒިޔާގެ ގޯލްކީޕަރު ސާބިއަރ ނިމެންޖަރއެވެ. މާޒިޔާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 57 ވަނަ މިނިޓުގައެވެ. އޭރިއާތެރެއަށް އައިހަމް ވަދެފައި ހުރަސްކޮށްލި ބޯޅައެއް، ގޯލް އޭރިއާތެރެއިން ކީޕަރު ނުކުތް ވަގުތު އެ ބޯޅައަށް އަރައި ނާއިޒު ކާމިޔާބުކުރީއެވެ.

މާޒިޔާގެ މި ލަނޑަށްފަހު ވެސް ރިޒްވާން ވަނީ ނުރައްކާތެރި ހަމަލާއެއް މާޒިޔާ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މެޗުގެ 84 ވަނަ މިނިޓުގައި ހަމްޒާ އޭރިއާ ބޭރުން ނަގައިދިން ބޯޅަ ޒުވާން މުހައްމަދު އިލާން އިމްރާން ބޮލުން ޖައްސާލުމުން ވަނީ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުން މޮޅުވި މާޒިޔާއަށް ޗެރިޓީ ޝީލްޑް ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއުއެވެ. މާޒިޔާ އެންމެ ފަހުން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily