DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ކުރަކި ތުންފަތަށް ދާއިމީ ހައްލެއް

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
ސެޕްޓެމްބަރ 17, 2025
0
ކުރަކި ތުންފަތަށް ދާއިމީ ހައްލެއް
0
SHARES
526
VIEWS
Share on FacebookShare on Twitter

ތުންފަތް ހިކި، ކުރަކިވެ، ބައެއް ފަހަރު ލޭއަންނަ ދުވަސްތަކުގައި މީހުންނާއި ދިމާވެ ވާހަކަ ދައްކަންވެސް ލަދުގަންނަ ފަހަރު އާދެއެވެ. ދެޖިންސުގެ ގިނަ ބަޔަކަށް ކުރިމަތިވާ މިކަމަށް ގޭގައި ތައްޔާރުކުރެވޭ ގުދުރަތީ ފަރުވާތައް ހޯދަމުންދާ ފަރާތްތަކަށް ހާއްސަކޮށްގެން، ތުންފަތުގެ ހަމުގެ ރައްކާތެރިކަމަށް އެހީތެރިވެދޭނެ ބައެއް ހޯމްމޭޑް ސްކްރަބްތަކުގެ މައުލޫމާތު ވަނީ މިހާރު ހިއްސާކުރެވިފައެވެ.

ތުންފަތް ހިކުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބުއިން، ހޫނުގަދަ މޫސުން، އަދި ބައެއް ފަހަރު އޭސީގެ ފިނިކަންވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރަށް މިފަދަ ހާލަތްތަކުގައި އަބަދުވެސް ދަބަހުގައި ލިޕްބާމެއް ނުވަތަ ކޮންމެވެސް ކަހަލަ މޮއިސްޗަރައިޒިންގް ކްރީމެއް ބާއްވައިގެން އެ ބޭނުންކުރަންޖެހެއެވެ. ނަމަވެސް މިހާރު ތިރީގައި މިވަނީ ގުދުރަތީ އެއްޗެހި ބޭނުންކޮށްގެން ތުންފަތަށް ދެވިދާނެ ބައެއް ފަރުވާތަކުގެ ތަފްސީލެވެ.

1. ކޮކްނަޓް އެންޑް ހަނީ ލިޕް ސްކްރަބް
ކާށިތެޔޮ އަދި މާމުޔަކީ ހަމައެކަނި ހަންގަނޑަށް ފަރުވާ ކުރުމަށް ބޭނުންކުރާ ދެބާވަތެއް ނޫނެވެ. މި ދެބާވަތުން ތުންފަތަށް ދިމާވާ އެކި މައްސަލަތަކަށް ފަރުވާ ކުރެވިދާނެއެވެ. މި ސްކްރަބް ތައްޔާރުކުރުމަށް އޯގާނިކް މާމުއި އަދި ކާށިތެޔޮ ހޯދުމަށްފަހު، ކުޑަ ބްރައުން ޝުގާ ކޮޅަކާ ތާފަނާ ފެންފޮދަކާ އެއްކޮށް މިކްސްކުރާށެވެ. ދެން ތިން މިނެޓް ވަންދެން ތުންފަތުގައި އުނގުޅާފައި ދޮވެލާށެވެ. މި ސްކްރަބް އިން ތުންފަތުގައި މަރުވެފައިވާ ހަންތައް ނެއްޓި ތާޒާކޮށް ތުންފަތް ދައްކާނެއެވެ.

2. ކޮފީ އަދި ހަނީ ލިޕް ސްކްރަބް
ތުންފަތަށް ތާޒާކަމާއި ހައިޑްރޭޝަން ހޯދައިދޭ މި ސްކްރަބް ތައްޔާރުކުރަނީ ކޮފީއާއި މާމުއި އެއްކޮށެވެ. މި ދެބާވަތް އެއްކޮށްފައި އުފެދޭ ޕޭސްޓުން 2 މިނެޓް ވަންދެން ތުންފަތް މަސާޖްކޮށްލާށެވެ. ދެން އިތުރަށް 3 މިނެޓް ވަންދެން މި ޕޭސްޓް ނުދޮވެ މަޑުކޮށް ލުމަށްފަހު ތިން މިނެޓް ހަމަވުމުން ދޮވެލާށެވެ. މިކަމުގެ ސަބަބުން ތުންފަތް ތާޒާކޮށް ހައިޑްރޭޓް ކޮށްދޭނެއެވެ.

3. ރޯސްޕެޓަލްސް އެންޑް މިލްކް ސްކްރަބް
މަތީގައި ގެނެސްދެވުނު ދެ ސްކްރަބަކީ ތަންކޮޅެއް ރާޅުކޮށް ހުންނަ ސްކްރަބަކަށް ވާއިރު، މި ރޯސްޕެޓަލް މިލްކް ސްކްރަބަކީ އޮލަކޮށް ހުންނަ ސްކްރަބެކެވެ. މި ސްކްރަބް ތައްޔާރުކުރުމަށް ރޯސްޕެޓަލްސް (ފިނިފެންމާ ފިޔަފަތް) އަދި ކިރު ގްރައިންޑަރަކުން އޮލަކޮށް ހުންނަ ވަރަށް ފުނޑާލާށެވެ. އެއަށްފަހު ތުންފަތުގައި މި ސްކްރަބް އުނގުޅާފައި މިނެޓެއް ހާއިރު ބެހެއްޓުމަށްފަހު ދޮވެލާށެވެ. ދެން ލިޕްބާމެއް އުނގުޅާފައި ބަހައްޓާށެވެ. މި ފަރުވާއިން އިތުރަށް ތުންފަތަށް ތާޒާކަން ގެނެސް ރީތިކޮށްދޭނެއެވެ.

ގޭތެރޭގައި ތައްޔާރުކުރެވޭ މިފަދަ ގުދުރަތީ ސްކްރަބްތަކަކީ ތުންފަތުގެ މައްސަލަތަކަށް ދާއިމީ އަދި ސަލާމަތްތެރި ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދޭނެ މުހިންމު ފަރުވާތަކެކެވެ. މިކަންކަމަށް ފަރުވާތެރިވެއްޖެނަމަ، ތުންފަތް ހިކި ކުރަކިވުމުގެ މައްސަލަތަކުން ސަލާމަތްވެ، އަބަދުވެސް ރީތި ތާޒާ ތުންފަތެއް ދެމެހެއްޓުމަށް އެހީތެރިވެދޭނެއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily