DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ދަރިފުޅާއެވެ! ބައްޕައާއި މަންމައަށް ކުޑަ ވަގުތުކޮޅެއް ދޭށެވެ.

ޙަސަން ސަޢީދު by ޙަސަން ސަޢީދު
އޮކްޓޯބަރ 1, 2025
0
ދަރިފުޅާއެވެ! ބައްޕައާއި މަންމައަށް ކުޑަ ވަގުތުކޮޅެއް ދޭށެވެ.
0
SHARES
627
VIEWS
Share on FacebookShare on Twitter

ދުނިޔެވީ މަސައްކަތްތަކުގައި އަވަދިނެތި އުޅެމުންދާ ދަރީންނަށް، އެކުދީންގެ ބެލެނިވެރިންގެ ފަރާތުން ހިތްދަތި ގޮވާލުމެއް އާދެއެވެ. އެގޮވާލުމަކީ، އަނބުރާ ނުލިބޭނެ ޤުރުބާނީތަކެއް ވެފައިވާ ބައްޕައާއި މަންމައަށް، ދަރިފުޅުގެ އަގުހުރި ވަގުތުން ކުޑަ ވަގުތުކޮޅެއް ދިނުމެވެ. މިބަސްކޮޅު ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް މަގުފަހިކޮށްދޭނެކަމަށް އުއްމީދު ކުރަމުން، މުސްކުޅިކަމުގެ ހިތްދަތިކަން އުފުލަމުންދާ ބެލެނިވެރިން އެދެނީ ލޯތްބާއި، އޯގާތެރިކަމާއި، އަޅާލުމެވެ.

މަންމައެއްގެ ބަނޑުގައި ނުވަ މަސް ދުވަސް ހޭދަކުރި ދަރިފުޅަށްޓަކައި، މައިމީހާ ކިތައް ރޭ ނިދި ނަގާލާފައިވާނެކަމެއް ދަރިފުޅަށް ނޭނގޭނެއެވެ. މީސްތަކުން އެމީހުންގެ އަރާމު ނިދީގައި ވަގުތުތައް ގުނަމުންދިޔައިރު، މަންމައަކީ ދަރިފުޅުގެ ރައްކާތެރިކަމަށްޓަކައި ނިދި ނަގާލި ފަރާތެވެ. ރީތި ހެދުމާއި، މީރު ކާއެއްޗެހި، އަދި ހިތްގައިމު ވަސްދުވާ ސެންޓްފަދަ ތަކެއްޗަށްވުރެ، މަންމަގެ އިސްކަންދެވުނީ ދަރިފުޅުގެ ޞިއްޙަތާއި ސަލާމަތަށްޓަކައެވެ. ހެޔޮލަފާ ދަރިއެއް ދެއްވުން އެދި ދުޢާކުރުމުގައި، ކެތްތެރިކަމާއެކު ދަރިފުޅު ދުނިޔެއަށް އަންނާނެ ދުވަހަކަށް އިންތިޒާރުކުރަމުން، ދަރިފުޅަށްޓަކައި ބޭނުންވާނެ ހުރިހާ އެއްޗެއް ދިޔައީ އެއްކުރަމުންނެވެ.

ދަރިފުޅު ދުނިޔެއަށް އައުމަށް މަންމަ އެއުފުލި ވޭނުގެ އަގު ދަރިފުޅު މަންމައަށް އަދާކޮށްދޭނީ ފަހެ ކޮންފަދައަކުންތޯއެވެ؟ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ފަދައިން، ”ވިހެއުމަށް އެޅި އެންމެ ވޭނެއްގެ މިންވަރުވެސް އަދާނުކުރެވެއެވެ.“ (الأدب المفر للبخاري)

އޭގެފަހުގައި، ދަރިފުޅަށް ޚިދުމަތް ކުރުމުގައި މެނުވީ ބައްޕައާއި މަންމަ އެއްވެސް ވަގުތުކޮޅެއް ހޭދައެއް ނުކުރެއެވެ. އެދެމީހުންގެ އުއްމީދުތައް ދަރިފުޅަށްޓަކައި ޤުރުބާންކޮށް، ދަރިފުޅު ހިތްހަމަޖައްސައި ދިނުމަށްޓަކައި ގަދައަޅައި މަސައްކަތްކުރިއެވެ. ބައެއްފަހަރު ދަރިފުޅު ހިތްދަތިވާގޮތަށް ކަންތައްތައް ކުރެވިފައި ހުރެދާނެއެވެ. ނުވަތަ ދަރިފުޅު ބޭނުންކުރި ހުރިހާކަމަކަށް އިޖާބަ ނުދެވި، ނުވަތަ ބޭނުންވާ ހުރިހާ އެއްޗެއް ގަނެނުދެވިފައިވެސް ހުރެދާނެއެވެ. އެކަމަށްޓަކައި މަޢާފަށް އެދެމެވެ. މިކަންކަމުގައި ދަރިފުޅަށް ނުވިސްނުނުކަމުގައިވިޔަސް، އޭގެ ފަހަތުގައި ދަރިފުޅުގެ ސަލާމަތަށްޓަކައި ނުވަތަ ހެޔޮވިސްނޭ ކުއްޖަކަށް ހެދުމަށްޓަކައި އޮތް ޙިކުމަތެއްކަން ދަރިފުޅު ވިސްނާނެކަމަށް އުއްމީދު ކުރަމެވެ.

މިއަދު ބައްޕައާއި މަންމަ މިވަނީ ދުވަސްވެ މުސްކުޅިވެފައެވެ. މިދުވަސްތައް ހިތާމައާއި ވޭނުގައި ވުމަށް ދޫކޮށްނުލާށެވެ. ބައްޕައާއި މަންމަގެ ކެއުމުގައި ތަންތަން ހަޑިވެދާނެއެވެ. ހެދުންލުމުގައި ދަރިފުޅުގެ އެހީއަށް ބޭނުން ވެދާނެއެވެ. ދަރިފުޅު ކުޑައިރު މިކަންތައްތައް ދަސްކޮށްދިނުމަށް ބައްޕައާއި މަންމަ ހޭދަކުރި ވަގުތުތައް މަތިން ހަނދާންނައްތާ ނުލާށެވެ.

ބައްޕައާއި މަންމަ ވާހަކަ ދެއްކުމުގައި އެއްވާހަކައެއް ތަކުރާރުކޮށް ދެއްކިކަމުގައިވީނަމަވެސް ކެތްތެރިކަމާއެކު އަޑުއަހާށެވެ. އަދި ބައްޕައާއި މަންމައަށް ދަރިފުޅު ބުނި އެއްޗެއް އޮޅުން ނުފިލިކަމުގައި ވީނަމަވެސް ތަކުރާރުކޮށް އިއްވަދޭށެވެ. ރުޅި ނާންނާށެވެ. ދަރިފުޅުގެ އެދުމަށް އެއްވާހަކައެއް ތަކުރާރު ކުރެވުނީ ކިތައް ދުވަހުކަމެއް ޢަދަދުނުކުރެވޭނެއެވެ. ދަރިފުޅު އެއްވާހަކައެއް އެތައްފަހަރު ތަކުރާރުކުރިނަމަވެސް ބައްޕައާއި މަންމަ ކަނުލައި އަޑުއެހީމެވެ.

މިއަދު ބައްޕައާއި މަންމަ ފެންވަރާ ސާފުތާހިރުވުމަށް ދެކޮޅުހަދާފާނެއެވެ. އެއީ ގަޞްދުގައި ކުރާކަމެއް ނޫނެވެ. ފެންވަރާ ސާފުތާހިރުވުމުގައި އެދެމީހުންނަށް ވާގިވެރިވެދޭށެވެ. ދުނިޔޭގެ ޒަމާނީ ވަޞީލަތްތަކަށާއި، ކަންކަމަށް ބައްޕައާއި މަންމަ ބީރައްޓެހިވެދާނެއެވެ. މިކަމަށް މަލާމާތްނުކުރާށެވެ. ބައްޕައާއި މަންމަ ފިޔަވައި، އެދެމީހަކަށްވުރެ ދަރިފުޅު މޮޅުވުމަށް އެދުނު އެހެން މީހަކު ހުރިހެއްޔެވެ؟ ބައްޕައާއި މަންމައަށް ތަޢުލީމެއް ލިބިފައިނެތްނަމަވެސް، ދަރިފުޅަކީ އަހަރެމެންނަށްވުރެ މޮޅު މީހަކަށް ވުމަށް އެދުނީމެވެ. ބައްޕައާއި މަންމައަށްވުރެ ދަރިފުޅު މޮޅުވީތީ ހަސަދަލައި ނުހަދަމެވެ. ދަރިފުޅަށް ލިބޭ ކޮންމެ މޮޅަކީ މިބައްޕައަށާއި މަންމައަށް ލިބުނު މޮޅެކެވެ. މިއަދު ބައްޕައާއި މަންމަގެ ފައި ދެރަކަމާހުރެ، ތަންތަނަށް ދިޔުމުގައި ދަރިފުޅުގެ އެހީއަށް ބޭނުންވެއެވެ. ދަރިފުޅަށް ހިނގަންދަސްކޮށްދިނުމަށްޓަކައި ދެއަތުގައި ހިފަހައްޓައިގެން ހިންގުވަން މަސައްކަތްކުރިދުވަސްތައް ގިނަގުނައެވެ.

މިވާހަކަތަކުގެ މިދައްކަނީ އެއްވެސް ޙާލެއްގައި ކަލަގޮވުމުގެ ނިޔަތެއްގައެއް ނޫނެވެ. ހަމަ ހަނދާންކޮށްލަދިނުމުގެ ގޮތުންނެވެ. ބައްޕައާއި މަންމަގެ ދުނިޔެވީޙަޔާތުގެ ނިމުން ކުރިމަތިން ފެންނަފަދައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ : مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ )). މާނައީ: “އިންސާނަކު މަރުވެއްޖެނަމަ، (އޭނާކޮށްފައިވާ) ތިންކަމަކުން ފިޔަވައި ޢަމަލުތައް ހުއްޓުމަކަށް އާދެއެވެ. (އެތިންކަމަކީ) ދޫކޮށްފައިވާ ދެމިގެންވި ޞަދަޤާތެއް، ނުވަތަ ދޫކޮށްފައިވާ ފައިދާ ކުރަނިވި ޢިލްމެއް، ނުވަތަ އެމީހާގެ މައްޗަށް ދުޢާކުރާނެ ޞާލިޙު ދަރިއެކެވެ.” (އިމާމް މުސްލިމް:1631) މިޙަދީޘްގައިވާފަދައިން ބައްޕައާއި މަންމައަށް ދުޢާކޮށް ދޭށެވެ. ދަރިފުޅުގެ ދުޢާގައި ބައްޕައާއި މަންމަގެ މަތިން ހަނދާން ނައްތާނުލާށެވެ.

ދަރިފުޅަށާއި، ބައްޕައަށާއި މަންމައަށް ﷲގެ ޙަޟްރަތުގައި ފާފަފުއްސެވުން އެދޭޙާލު މިބަސްކޮޅު ނިންމާލަމެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily