DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ފްލޮޓީލާއަށް ހުރަސްއެޅުން ރައީސް ކުށްވެރިކުރައްވައިފި

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
އޮކްޓޯބަރ 2, 2025
0
ފްލޮޓީލާއަށް ހުރަސްއެޅުން ރައީސް ކުށްވެރިކުރައްވައިފި
0
SHARES
70
VIEWS
Share on FacebookShare on Twitter

އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދަތުކުރަމުންދާ، ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ ބޯޓުތައް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ޔަހޫދީ ދައުލަތުން ހިފެހެއްޓުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އެމަނިކުފާނު މިކަން ކުށްވެރިކުރެއްވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ގްލޯބަލް ސުމޫދު ފްލޮޓިއްލާގައި ދަތުރުކުރަމުންދިޔައީ ހަތިޔާރު ނެތް އާންމުން އިންސާނީ އެހީގެ ސަމާނު ޣައްޒާއަށް ހިފައިގެންނެވެ. އެ ބޯޓުތައް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ހިފަހައްޓާ ބިރުދެއްކުން ބަލައިނުގަނެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހާލުގައި ޖެހި، އަސާސީ ހައްޤުތަކުން މަޙްރޫމް ވެފައި ތިބި ބަޔަކަށް އިންސާނީ އެހީ ހިފައިގެންދާ ގާފިލާއަކާއި ދިމާކުރުމަކީ އިންސާނިއްޔަތާއި އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއިވެސް ޚިލާފްކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ތަކުރާރުކޮށް ކުރަމުންދާ މިފަދަ ޢަމަލުތަކުން ޔަހޫދީ ދައުލަތުން ދަނީ ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްފަރާތް ވަމުން ކަމަށާއި މިއީ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ އަޅާލުމާއި ކުލުނު ނެތް ކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްވަނީ ޔަހޫދީ ދައުލަތުން ތަކުރާރުކުރަމުންދާ މިޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ، ދިވެހިން އަބަދުވެސް ތިބެނީ، ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ކަށަވަރުކޮށް އިންސާފު ހޯދައި ސުލްހައާއި ސަލާމަތްތެރިކަމަށް ކުރަމުންދާ މަސައްކަތުގައި އެކުގައި ކަމަށް ވިދާޅުވަމުންނެވެ.

ގްލޯބަލް ސުމޫދު ފްލޮޓިއްލާއަކީ ދިވެހިރާއްޖެ ހިމެނޭހެން 44 ޤައުމެއްގެ ރައްޔިތުން އިސްވެ، ޣައްޒާ ހިސާރުން ނައްތާލައި ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރު ކުރަމުންދާ ގާފިލާއެކެވެ. މި ބޯޓުތަކުގައި 500 އަށްވުރެ ގިނަ މީހުން ތިބިއިރު، އެ ގާފިލާއަށް ޔަހޫދީ ދައުލަތުން ވަނީ ހުރަސް އަޅާފައެވެ. އެ ބޯޓުތަކުން ދަތުރުކުރަމުންދިޔަ ބައެއް މީހުން ޔަހޫދީ ސިފައިން ވަނީ ހައްޔަރުކޮށްފައެވެ.

ސުމޫދު ފްލޮޓިއްލާގެ ހަރަކާތުގައި ބައިވެރިވާ އެކްޓިވިސްޓުންގެ އަދަދު 500އަށް އަރާއިރު، އޭގެތެރޭގައި ބައެއް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ޤާނޫނީ ވަކީލުން ވެސް ހިމެނެއެވެ. އެ މީހުން ވަނީ، ޔަހޫދީ ސިފައިން ހަތިޔާރާއެކު އުޅަނދުތަކަށް އަރައިގަންނަ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް ޢާންމު ކޮށްފައެވެ. ޔަހޫދީ ސިފައިންގެ ބެލުމުގެ ދަށަށް އެ މީހުން ގެންދިއުމަކީ ޣައިރު ޤާނޫނީ ކުށެއްގެ ގޮތުގައި އެމީހުންވަނީ ސިފަކޮށްފައެވެ. ސުމޫދު ފްލޮޓިއްލާގެ މިދަތުރުގައި ދިވެހިރާއްޖެއިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒް ދަނީ ބައިވެރިވަމުންނެވެ.

ފްލޮޓިއްލާގެ ދަތުރު އިންތިޒާމު ކުރާ ފަރާތުން ބުނީ، އެ ފްލޮޓިއްލާގައި ހިމެނޭ 13 އުޅަނދަކަށް ޔަހޫދީ ސިފައިން އަރައިގަނެ، ހުއްޓުވާފައިވާ ކަމަށެވެ. އަދި، އިތުރު 30 އުޅަނދު މިހާރު ވެސް ޣައްޒާއަށް ދަތުރު ކުރަމުންދާ ކަމަށް އެ ފަރާތުން ބުންޏެވެ.

Tags: ރައީސް ޑރ. މުހައްމަދު މުއިއްޒުފަލަސްތީނު

Related Posts

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

ސެޕްޓެމްބަރ 26, 2026
ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ސެޕްޓެމްބަރ 24, 2026
ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ސެޕްޓެމްބަރ 17, 2026
ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ސެޕްޓެމްބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily