ރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ އެތިކްސް ކޮމިޓީއަށް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ މަގާމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގައި ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ މީހެއް ކަމުގައިވުމާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކަށް، ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
ކޮމިޓީގެ މެންބަރުކަމަށް އެދި ސިޓީއަކުން ހުށަހަޅާނަމަ ލިޔެކިޔުންތައް ބާ ކައުންސިލުގެ އީ-މެއިލް ކުރުމަށް ވަނީ އެދިފައެވެ.
އަދި ކޮމިޓީގެ މެންބަރުކަމަށް އެދި އޮންލައިންކޮށް ހުށަހެޅުއްވުމަށް ގޫގްލް ފޯމް ފުރާ، މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި، ގާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއާއި ކުށުގެ ރިކޯޑު އަޕްލޯޑް ކުރުމަށް ވސް ވަނީ އެދިފައެވެ.





