ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި 4 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު 17:07 ހާއިރު ހުލުމާލެ ފޭސް ހިޔާ ފްލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އެޗް7 ކައިރީގައި ބަޔަކު މާރާމާރީ ހިންގި މަންޒަރު ފެނުނު ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން 4 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު، އެއީ އުމުރުން 19 އަހަރު އަންހެނަކާއި 18 އަހަރު އަންހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.





