މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ބޮޑު އެއްވުން މާލޭގެ އާޓިފިޝަލް ބީޗުގައި ފަށައިފިއެވެ.
މި އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ދިވެހި ގައުމީ ދިދަ އާއި އެމްޑީޕީގެ ދިދަ ހިފައިގެން ގިނަ ބަޔަކު މިހާރު އެ ސަރަހައްދަށް ޖަމާވި މި އެއްވުމަށް އެކި ރަށްރަށުގެ މީހުން މާލެއަށް އައިސްފައިއެވެ.
އެއްވުމާ ގުޅިގެން ސިފައިންނާއި ފުލުހުން ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފައެވެ. މާލޭގެ ހުރިހާ ސަރަހައްދެއްގައި ކަހަލަ ގޮތަކަށް ފުލުހުން މިހާރު އަންނަނީ ޑިއުޓީ އަދާކުރަމުންނެވެ.





