މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ގެންދާ ހިނގާލުން ފުލުހުން ހުއްޓުވައިފިއެވެ.
ދިވެހި ގައުމީ ދިދަ އާއި އެމްޑީޕީގެ ދިދަ ހިފައިގެން ގިނަ ބަޔަކު މިހާރު އެ ސަރަހައްދަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މިރޭ 8:30އަށް އެއްވީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ. އެ ތަނުގައި ގަޑިއިރެއްވަން ދެން އަޑު އުފުލުމަށް ފަހު ބައިވެރިން ނުކުތީ މަޖީދީ މަގަށެވެ.
މަޖީދީ މަގުން ހިނގާލަމުން ބައިވެރިން ދަނިކޮށް ފުލުހުން ވަކި ހިސާބަކަށް ޝީލްޑާއެކު މަގު ބަންދުކޮށްގެން ތިއްބެވެ.
ފުލުހުން ދެތިން ފަހަރަކު ޕެޕަ ސްޕްރޭ ވެސް ޖަހާފައިވެއެވެ.
މިރޭގެ އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރަށްރަށުގެ މީހުން ވެސް ވަނީ މިރޭގެ އެއްވުމުގައި ބައިވެރިވުމަށް މާލެއަށް އައިސްފައިއެވެ.





