ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެ ފަދައިން ވިދާޅުވީ މިރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީން ބޭއްވި ”ލޫޓުވައިފި، ލޫޓުވައިފި“ ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ.
ސުލްހަވެރި ސިޔާސީ ހަރަކާތުގެ ތެރެއިން ރާއްޖެއަށް މުހިންމު އިސްލާހީ ބަދަލުތައް ގެނައީ ވެސް އެމްޑީޕީން ކަމަށާއި ނަމަވެސް މިއަދު ފެންނަނީ އެ ކަންކަން އޮޔައިގޮސް ފުނޑުފުނޑުވާތަން ކަމަށާއި އެ މަންޒަރު ބަލަން ނުތިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަކީ ބުނަންޖެހޭ އެއްޗެއް ބުނެ، އަޑުއުފުލަން ކެރޭނެ ޕާޓީ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ހެޔޮގޮތް ގެނައުމަށް ޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް މިހާތަނަށް ވެސް ވި، އަދި ވަމުން ދާނެ ޕާޓީ،“ ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ މިރޭގެ އެއްވުމުގައި އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ ބައިވެރިވެފައެވެ.






ގައުމުގެ ވެރިމީހާ އަކީ ރަތްޔިތުން ހޮވާ މީހެއް.. ރަތްޔިތުން އޮންނަނީ ބާރުތައް ވެރިމީހާ ދީފަ ދެންނުޖެހޭ މަގުމައްޗަށް ނިކުންނާކަށް ހަޑިހުތުރު ކޮށް އުޅޭކަށް