ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް، އަންހެން ފުލުހުންގެ ލީޑަޝިޕް އިތުުރުރުކުމަށް ބާއްވާ “ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025″ފަށައިފިިއެވެ.
3 ދުވަހުގެ މުއްދަަށް ކްރޮސްރޯޑްސްގަ ކުރިއަށްގެންދާ “ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް ފަށްޓަވައިދެއްވީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
އެ ރަސްމިއްޔާތުގައި ދާޚިލި ސަލާމަތަ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި 5 ޤައުމަކުން ބައިވެރިވެއެވެ.
އެ ރަސްމިއްޔާތުގައި ސަލާމަތަ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖޭގައި މަސައްކަތްކުރާ މައި 5 އިދާރާގެ މެދުގައި، ލީޑަރޝިޕް ވަރުގަދަކުރުމަށް ޑިކްލަރޭޝަންއެއްގައި ސޮއިކޮށްފައެވެ. އަދި އަންހެން ފުލުހުންގެ ޚިދުމަތުގެ ތާރީޚުގެ މައްޗަށް ބިނާކޮށް ލިޔެފަވާ، ”މޯލްޑިވްސް ވިމަން އިން ޕޮލިސިން“ ފޮތް ނެރެދެއްވާފައެވެ. އެ ފޮތް ނެރެދެއްވީ ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
މީގެއިތުރުން އަންހެން ފުލުހުންގެ އަގުހުރި ޚިދުމަތް ރަމްޒުކޮށްދޭ ”ޗެލަންޖް ކޮއިން“ ވަނީ އިފްތުތާހުކޮށްދެއްވާފައެވެ. ޗެލެންޖް ކޮއިން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
”ވިމެން އިން ޕޮލިސިން ސަމިޓް 2025″އަކީ ރާއްޖޭގައި އަންހެން ފުލުހުންނަށް ޚާއްސަކޮށް ބާއްވާ މިފަދަ ފުރަތަމަ ސަމިޓެވެ.
މި ސަމިޓްގައި ސެކިއުރިޓީ އަދި ޤާނޫނީ ތަންފީޒީ ދާއިރާއިން 50އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ. އޭގެތެރޭގައި ސެކިއުރީ އެންޑް ލޯ އެންފޯސްމަންޓްގައި ރާއްޖޭގައި މަސައްކަތްކުރާ 7 އިދާާރާއަކާއި ބައިނަލްއަޤްވާމީ އެކި އިދާރާތަކާ ޤައުމުތައް ހިމެނޭހެން 10 ޕާޓްނަރުން ބައިވެރިވެއެވެެ.
މިއީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް، އަންހެން ފުލުހުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށް އުފައްދަވާފައިވާ ކޮމިޓީއެވެ.





