DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އެމްޑީޕީން ހަމަޖެހުން ނަގާލުމަށް ހިންގާފައިވާ ޢަމަލުތައް ކުށްވެރިކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފި

މާހިރު މުޙައްމަދު by މާހިރު މުޙައްމަދު
އޮކްޓޯބަރ 4, 2025
0
އެމްޑީޕީން ހަމަޖެހުން ނަގާލުމަށް ހިންގާފައިވާ ޢަމަލުތައް ކުށްވެރިކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފި
0
SHARES
287
VIEWS
Share on FacebookShare on Twitter

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރޭ ހަމަޖެހުން ނަގާލުމަށް ހިންގާފައިވާ ޢަމަލުތައް ކުށްވެރިކޮށް އެކަން ކުރި ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ގޮވާލައިފިއެވެ.

ޕީއެންސީން އެ ފަދައިން ގޮވާލާފައި ވަނީ ރޭ އެމްޑީޕީން މުޒާހަރާކުރުމުގެ ނަމުގައި ހިންގާފައި ވަނީ ޤާނޫނާއި ޚިލާފު، ހަމަނުޖެހުން އުފެއްދުމުގެ ޢަމަލުތަކެއް ކަމަށް ބުނެ އެ ޕާޓީން ނެރެފައިވާ ބަޔާނުގައެވެ.

ޕީއެންސީންގެ ބަޔާނުގައި ވަނީ މާލޭގައި އެމްޑީޕީން މުޒަހާރާ ބާއްވާފައި ވަނީ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކޮށް، މުޒާހަރާ ދާނެ މަގުތަކާއި ކުރިއަށްދާނެ ގޮތާއި މެދު އެއްބަސްވެގެން ކަމަށެވެ. ނަމަވެސް އެ ޕާޓީން މި އެއްބަސްވުމާއި ޚިލާފުވެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލި ކަމަށެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ގަލާއި ފުޅި އުކައި ފުލުހުން ގެންގުޅުނު ޝީލްޑްތައް ފޭރިގަތުމަށް މަސައްކަތް ކުރިކަމަށެވެ.

މީގެއިތުރުން ރަށްރަށުން މުޒާހަރާއަށް ގެނެސްފައިވާ ފަރާތްތަކަށް، އަސާސީ ގޮތުން ހަމަޖައްސަން ޖެހޭ ކާނާ އާއި ހުރުން ހަމަޖައްސައި ނުދޭ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ބުނެ ޕީއެންސީން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ސަބަބުން މުޒާހަރާއަށް ގެނައި މީހުން މާލޭގެ މަގުތަކުގައި ހާލުގައި ޖެހުނު ކަމަށާއި މިއީ އެމްޑީޕީން ތަމްސީލުކުރާ ރައްޔިތުންނާ މެދު ޢަމަލުކުރި ޒިންމާދާރުކަން ކުޑަ ގޮތެއް ކަމަށް ޕީއެންސީން ބަޔާނުގައިވެއެވެ.

ސަރުކާރުން އަބަދުވެސް އެއްވެ އުޅުމުގެ ޤާނޫނާއި އެއްގޮތަށް ޚިޔާލުފާޅުކުރުމަށް ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި ނަމަވެސް މި ފުރުސަތަކީ ތަންތަނަށް ގެއްލުންދީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނަށް ހަމަލާދޭން ލިބޭ ފުރުސަތެއް ނޫން ކަމަށް ޕީއެންސީން ބަޔާނުގައި ބުނެފައިވެއެވެ. އަދި އެޕާޓީން ވަނީ އެމްޑީޕީން ބޭއްވި މުޒާހަރާއަކީ ޤައުމުގެ ހަމަޖެހުން ނަގާލުމުގެ މަޤްޞަދުގައި ބޭއްވި މުޒާހަރާއެއް ކަމަށް ބުނެފައެވެ.

ޕީއެންސީން ބުނި ގޮތުގައި ރައްޔިތުން ވޯޓުލައި މިނިވަން އިންތިޚާބެއްގައި ހޮވާފައިވާ ފަރާތްތަކަށް އެ ފުރުސަތު ދޭން ޖެހޭ ކަމަށާއި މިއާއެކު ހަޤީޤީ ސިޔާސީ މަސައްކަތްތަކަކީ މަގުމަތިން ހަމަޖެހުން ނަގާލުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބަހުސްކޮށް ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅުމުގެ އިތުރުން ވޯޓުން ސިޔާސީ ބަދަލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެނޫން ގޮތަކަށް ޢަމަލުކުރަން އުޅުމަކީ ޑިމޮކްރަސީއަށް ދެވޭ ހަމަލާއެއް ކަމަށް ޕީއެންސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

Tags: އެމްޑީޕީ

Related Posts

ރިޔާސީ ޕްރައިމަރީގައި ސޯލިހު ވާދަކުރަންވީ ސަބަބެއް ނުވިސްނޭ: ނަޝީދު

ރިޔާސީ ޕްރައިމަރީގައި ސޯލިހު ވާދަކުރަންވީ ސަބަބެއް ނުވިސްނޭ: ނަޝީދު

ސެޕްޓެމްބަރ 8, 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ނިންމައިފި

އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ނިންމައިފި

އޯގަސްޓް 3, 2026
އިންތިޚާބު ކާމިޔާބު ކުރެވޭނީ އެންމެން ބައިވެރިކޮށްގެން: ރައީސް ސޯލިހް

އިންތިޚާބު ކާމިޔާބު ކުރެވޭނީ އެންމެން ބައިވެރިކޮށްގެން: ރައީސް ސޯލިހް

ޖޫން 7, 2026
އެމްޑީޕީގެ އިންތިޚާބީ ކާމިޔާބީ ފާހަގަކުރުން މިރޭ އާޓިފިޝަލް ބީޗުގައި

އެމްޑީޕީގެ އިންތިޚާބީ ކާމިޔާބީ ފާހަގަކުރުން މިރޭ އާޓިފިޝަލް ބީޗުގައި

އޭޕްރިލް 6, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily