މާލެ ހުޅުމާލެ ހައިވޭން މާލެ ދަތުރުކުރި ބޮޑު ޓްރެއިލަރު ޕިކަޕެއް ހައިވޭ ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓުވެއްޖެއެވެ.
ފުލުހުން ބުނީ މި ޓްރެއިލަރު ޓްރަކް ޑިވައިޑަރުތަކެއްގައި ޖެހި ޑިވައިޑަރުތައް ވެއްޓުނު މައްސަލަ ރިޕޯޓުކުރީ މިއަދު ހެނދުނު 8 ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ޓްރެއިލަރު ޓްރަކް ހައިވޭގައި ހުރި ޑިވައިޑަރުތަކަކަށް އެރުމުން ބައެއް ޑިވައިޑަރުތައް ހަލާކުވެފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަނީ އާރުއީޓީސީ ނަމަކަށް ކިޔާ އިމާރާތްކުރުމުގެ ކުންފުންޏެއްގެ މުވައްޒަފުންތަކެކެވެ.





