މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހިނގައިދިޔަ ކަންކަން މޮނިޓާކޮށް ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަނުން އެ ފަދައިން ބުނި ނަމަވެސް ކޮމިޝަނަށް ފާހަގަކުރެވި ބަލަމުން އަންނަ ކަންކަމު ތަފްސީލް އެ ކޮމިޝަނުން ހަމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީން ކުރިއަށް ގެންދިޔަ އެއްވުން ރޫޅާލުމަށް ޓަކައި ބާރު އަަޑެއް ފޮނުވައި ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ވެސް ފުލުހުން ފުރަތަމަ ފަހަރަށް އެ މުޒާހަރާ ރޫޅާލުމަށް ބޭނުންކުރުމުން އެ ސަރަހައްދުގައި ތިބި އެއްވުމުގެ ބައިވެރިންނަށާއި ނޫސްވެރިންގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް އާންމުންނަށް ވެސް އެކަމުގެ އަސަރު ވަނީ ކޮށްފައިވެއެވެ.
އެޗްއާރުސީއެމުންއެ ފަދައިން ވިދާޅުވެފައި މި ވަނީ ފުލުހުން އެލްއާރުއޭޑީ ބޭނުންކުރިކުރުމާއި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި މަައްސަލަ އެޗްއާރުސީއެމުން ބަލަމުން ދޭތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކޮށްފައި ވަނި ކޮށެވެ.





