އިއްސަކީ ދިވެހި ރާއްޖޭގެ ކަނޑުތަކުގައި ވެސް ހިސާބަކަށް އުޅޭ އެއްޗެކެވެ. މިއީ ކެއުމުގައި ބޭނުން ކުރެވޭ އެއްޗެކެވެ. އިހި މަހަކީ އަހަރެމެންގެ ސިއްހަތަށް އެހާމެ ފައިދާ ކުރުވާ އެއްޗެކެވެ. މި މަހުގެ އަގު ބޮޑު ވެފާ ވީނަމަ ވެސް މެއެވެ.
އިހި މަހުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވެއެވެ. އެއާއި އެކު އެމިނޯ އެސިޑްވެސް ހިމެނެއެވެ. މި ދެ މާއްދާ އެކުވުމުން އުފެދޭ ޕްރޮޓީން އަކީ އޭގެ ރާހަތު އިތުރު ޕްރޮޓީން އެކެވެ. އިންސާނާ ހެދި ބޮޑުވުމަށާއި ކަށިތަކުގެ ދުޅަހެޔޮ ކަމަށާއި ހަޖަމުގެ ނިޒާމުގައި ހިނގާ މެޓަބޮލިޒަމް އޭ ކިޔާ މަރުހަލާއަށާއި ހަށިގަނޑުގައި އުފައްދާ އެކިކަހަލަ ހޯމޯންތައް ތަރުތީބު ކުރުމަށް ޕްރޮޓީން އެހީތެރިވެދެއެވެ.
ނަފްސާނީ ދުޅަހެޔޮކަމާއި ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ އޮމެގާ-3 އާއި ވިޓަމިން ބީ-12 އަކީވެސް އިހި މަހުން ލިބިދޭ މާއްދާތަކެކެވެ. ސިކުނޑީގެ ހިއްސީ ނާރުތަކުގެ މުއާމަލާތްތައް ހަލުއި ކޮށްދިނުމަށް މި މާއްދާތައް އެހީތެރިވެެދެއެވެ. އޮމެގާ-3 އަކީ ހިތުގެ ބައެއް ބަލިތަކުން އިންސާނާ ދުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
ވިޓަމިން ބީ-12 ހަށިގަނޑުގައި މަދު ވުމަކީ އަލްޒައިމާސް، ޑިމެންޝިއާ އަދި ޕާކިންސަން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވެދާ ކަމަށް ވީ ހިނދު އިހި މަހުގައި ވިޓަމިން ބީ-12 މާއްދާ ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ.

އިހި މަހުގައި ހުންނަ ސެލެނިއަމް ނަމަކަށް ކިޔާ މާއްދާ އަކީވެސް ހަށިގަނޑަށް ފައިދާ ހުރި މާއްދާއެކެވެ. އެ މާއްދާ އޮމެގާ-03 އާއި އެކުވުމުން އޭގައި ކެންސަރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން އުފެދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ސެލެނިއަމް އަކީ ތައިރޮއިޑުގެ އުނދަގޫ ހުންނަ މީހުންނަަސްވެސް ލުއިތައް ގެނެސްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
އިހި މަހަކީ ފައިދާ ހުރި އެއްޗެއް ނަމަވެސް ބައެއް މީހުންނަކީ އިހި މަހަށް އެލާޖިކުވާ މީހުންނެވެ. އެމީހުން އިހި މަސް ކެއުމުން އެމީހުންގެ ހަށިގަނޑުގައި ”އެނަފައިލެކްޓިކް“ ހަރަކާތްތަކެއް ހިނގަން ފަށައެވެ. މިހެން ދިމާވަނީ އިސްވެ ދެންނެވުނު ސެލެނިއަމް މާއްދާ އެ މީހެއްގެ ހަށިގަނޑާ ނުގުޅޭތީ ކަމަށް ދިރާސާވެރިން ދެކިލައްވައެވެ.
ނޯޓް: އިހި މަހަށް އެލާޖިކުވާ މީހަކު އިސްވެ ދެންނެވުނު ފައިދާތައް ހޯދަން އިހި މަސް ނުކާށެވެ.





