DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ކާށިކިރުގައި ހަށިގަނޑަށް ފައިދާކުރުވަނިވި އެތައް މާއްދާތަކެއް އެކުލެވޭ

މާހިރު މުޙައްމަދު by މާހިރު މުޙައްމަދު
އޮކްޓޯބަރ 14, 2025
0
ކާށިކިރުގައި ހަށިގަނޑަށް ފައިދާކުރުވަނިވި އެތައް މާއްދާތަކެއް އެކުލެވޭ
0
SHARES
454
VIEWS
Share on FacebookShare on Twitter

ކާށިކިރަކީ ދިވެހިންގެ ކެއިން ބުއިމުގައި ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. ތަފާތު ބާވަތުގެ ކާއެއްޗެއްސާއި ފަނި ފަދަ ތަކެތި ތައްޔާރުކުމުގައި ކާށިކިރު ބޭނުން ކުރެއެވެ.

ކާށިކިރުގައި ”ފެޓު“ ގިނަވާތީ ގިނަ ބަޔަކު ގަބޫލުކުރަމުން އައިސްފައި ވަނީ މިއީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ގޮތުގައެވެ. ނަމަވެސް ޒަމާނީ ދިރާސާތަކުން ދައްކާގޮތުގައި ކާށިކިރުގައި ހަށިގަނޑަށް ފައިދާކުރުވަނިވި އެތައް މާއްދާތަކެއް އެކުލެވިގެންވެއެވެ.

ިމިއަދު މި ބަލާލަނީ ކާށިކިރުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ މައްޗަށެވެ.

ކާށިކިރަކީ ހަށިގަނޑަށް ހަކަތަ ދިނުމާއި މެޓަބޮލިޒަމް ހަރުދަނާ ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ކާށިކިރުގައި ގިނަ އަދަދަކަށް މީޑިއަމް-ޗެއިން ޓްރައިގްލިސެރައިޑްސް ކިޔާ ސިއްހަތަށް ފައިދާ ހުރި ފެޓްގެ ވައްތަރެއް ހުރެއެވެ. މި ފެޓްގެ ވައްތަރު އާންމުކޮށް ކެއުމުގައި ހިމެނޭ އެހެނިހެން ފެޓްތަކާއި ތަފާތެވެ.

އެމްސީޓީއެސް އަކީ ހަށިގަނޑަށް ފަސޭހައިން ހަޖަމުވެ ސީދާ އަންނައޮނަށް ގޮސް ހަކަތައަށް ބަދަލުވާ ފެޓްތަކެކެވެ. މިއީ ހަށިގަނޑަށް އަވަހަށް ހަކަތަ ހޯދައިދޭ މާއްދާއެއް ކަމުން ކަސްރަތު ކުރާ މީހުންނާއި ހަކަތަ ބޭނުންވާ މީހުންނަށް ވަރަށް ފައިދާކުރެއެވެ. މީގެ އިތުރުން އެމްސީޓީއެސް އަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކޮށް ކެލޮރީ އަންދާ މިންވަރު އިތުރުކުރާ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. މިއީ ދިފާއީ ނިޒާމު ހަރުދަނާކޮށް ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެއް ވެސް މެއެވެ.

ކާށިކިރުގައި ލޯރިކް އެސިޑް ކިޔާ މާއްދާއެއް އެކުލެވިގެންވެއެވެ. މި މާއްދާއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. ލޯރިކް އެސިޑްގައި ޖަރާސީމާއި ވައިރަސް އަދި ފަންގަސް ނެތިކޮށްލުމުގެ ގާބިލިއްޔަތު ހުރެއެވެ.

ކާށިކިރުގައި އެންޓި-އޮކްސިޑެންޓްސް ވެސް އެކުލެވިގެންވެއެވެ. މިއީ ހަށިގަނޑުގައި ހިނގާ ކެމިކަލް ރިއެކްޝަންތަކުގެ ސަބަބުން އުފެދޭ ފްރީ ރެޑިކަލްތަކުން ހަށިގަނޑު ރައްކާތެރިކޮށްދީ ދިފާއީ ނިޒާމު ރަނގަޅު ކުރުމަށް އެހީތެރިވާ މާއްދާއެކެވެ.

ކާށިކިރުގައި ހަކަތަ އާއި ފެޓްގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ގިނަ ވިޓަމިންތަކާއި މިނެރަލްތައް ވެސް އެކުލެވެއެވެ. އޭގެތެރޭގައި ވިޓަމިން ސީ ވިޓަމިން އީ އަދި ވިޓަމިން ބީގެ ބައެއް ވައްތަރުތައް ކާށިކިރުގައި ހިމެނެއެވެ. ކާށިކިރުގައި ދަގަނޑު (އަޔަން)، މެގްނީޒިއަމް، ފޮސްފަރަސް، ޕޮޓޭސިއަމް، ސެލެނިއަމް ފަދަ މުހިންމު މިނެރަލްތައް ވެސް ހުރެއެވެ.

މި މާއްދާތަކަކީ ހަށިގަނޑުގެ ކަށިތަކާއި މަސްތަކުގެ ސިއްހަތަށާއި ނާރުތަކުގެ މަސައްކަތަށާއި އަދި ލޭ ދައުރުވުން ރަނގަޅު ކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މާއްދާތަކެކެވެ.

މީގެ އިތުރުން ވެސް ކާށިކިރުގައި ހަށިގަނޑަށް ބޭނުންތެރި ގިނަ މާއްދާތައް އެކުލެވިފައި ހުރުމުން އާންމު ދިރިއުޅުމުގައި ކާށިކިރު ބޭނުން ކުރުމުން މި މާއްދާތައް ހަށިގަނޑަށް ލިބޭނެއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily