DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ތަޖިކިސްތާނުން ރާއްޖެ ތިން ލަނޑުން ބަލިކޮށްފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
އޮކްޓޯބަރ 14, 2025
0
ތަޖިކިސްތާނުން ރާއްޖެ ތިން ލަނޑުން ބަލިކޮށްފި
0
SHARES
100
VIEWS
Share on FacebookShare on Twitter

ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު، ދެއަހަރު ފަހުން ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން، ތަޖިކިސްތާނުގެ ޤައުމީ ޓީމާ ދެކޮޅަށް ވާދަކޮށް 3-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

މިއީ 2027 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗެކެވެ.

މެޗު ފެށުނުތާ ގިނައިރުތަކެއް ނުވެ، ތިން ވަނަ މިނެޓުގައި ދިވެހި ޓީމުގެ އޭރިއާ ތެރެއިން ޑިފެންޑަރު މުހައްމަދު އިރުފާން އަތުގައި ބޯޅަ ޖެހި، ތަޖިކިސްތާނަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ތަޖިކިސްތާނުގެ އުމަރްބައެވް ފޮނުވާލި ޕެނަލްޓީ ދިވެހި ކީޕަރު ފައިސަލް ދިފާއުކުރިނަމަވެސް، އަތުގައި ޖެހިފައި އޭރިއާ ތެރެއަށް ވެއްޓުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ތަޖިކިސްތާނުން މެޗުގައި ލީޑު ނެގީ ހަތަރު ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސަފަރޮވްއެވެ.

މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ތަޖިކިސްތާނުންނެވެ. އެހެންނަމަވެސް، މެޗުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދިވެހި ޓީމަށްވެސް ވަނީ ލިބިގެންގޮސްފައެވެ. މިގޮތުން، އަހުމަދު އައިހަމް އަމިއްލަ ހާފުގެތެރެއިން ހޯދި ބޯޅަ ހިފައިގެންގޮސް ތަޖިކިސްތާނުގެ އޭރިއާތެރެއަށް ވަދެ، ކީޕަރު ނިކުތުމުން ބޯމަތިން ގޯލުގެ ތެރެއަށް ހިއްލާލަން މަސައްކަތްކުރި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ތަޖިކިސްތާނުގެ ދެވަނަ ލަނޑު ފުރަތަމަ ހާފްގެ 34 ވަނަ މިނެޓުގައި ލިބުނު ހުސްފުރުސަތަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ޝެރްވޮނީއެވެ. އޭރިއާ ތެރެއިން ޝެރްވޮނީ ފޮނުވާލަން މަސައްކަތްކުރި ބޯޅައަށް ހުރަސް އަޅަން ދިވެހި ޓީމުގެ ނިހާން އާއި ސަމޫޙް ޓެކުލް ކުރިނަމަވެސް، ދެވަނަ ފަހަރަށްވެސް ބޯޅަ ލިބުނީ ޝެރްވޮނީއަށެވެ. ދެވަނަ ފަހަރަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ އޭނާ ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

މެޗުގެ ތިން ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޝެރްވޮނީއެވެ. ތަޖިކިސްތާނުގައި މިމަހުގެ 9 ވަނަ ދުވަހު ކުޅުނު މެޗުގެވެސް ފުރަތަމަ ހާފް ނިމުނީ 2-0 ސުމަކުންނެވެ. އެހެންނަމަވެސް، އެ މެޗާ ހިލާފަށް، މިމެޗުގައި ތަޖިކިސްތާނުން ވަނީ ދެވަނަ ހާފްގައިވެސް އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑަކީ ދިވެހި ޓީމުގެ އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގައި، އިރުފާން ކައިރިވާން ފެށުމުން ޝެރްވޮނީ ބޯޅަ ގޯލަށް ފޮނުވާލުން ލަސްކޮށްލާ، އިރުފާން ކައިރިން ނައްޓާލުމަށްފަހު ކީޕަރުގެ ދުރުކަނަށް ވައްދާލައިގެން ކާމިޔާބުކުރި ހުނަރުވެރި ލަނޑެކެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ތަޖިކިސްތާން މިވަނީ ގްރޫޕްގައި 10 ޕޮއިންޓް ހަމަކޮށް، 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ޖެހިލާފައެވެ.

ގްރޫޕްގައި ދިވެހި ޓީމުން ކުޅުނު ހަތަރު މެޗުންވެސް ބަލިވިއިރު، ދިވެހި ޓީމަށް ދެން އޮންނާނީ މިއަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފިލިޕީންސް އާއި ބައްދަލުކުރާ މެޗެވެ. މިމެޗުވެސް ކުޅޭނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily