މޫނު ތެޔޮވުމަކީ ވަރަށްގިނަ ދިވެހި ޒުވާނުންނަށް ކުރިމަތިވާ ކަމެކެވެ. އާންމުކޮށް މޫނުގެ ހަންގަނޑު ތެޔޮ ހުންނަނަމަ މޫނުގައި ބިހިތައްނަގާއި ލަކުނުލައެވެ. ތެޔޮހަންގަނޑެއް ލިބިފައިވާ މީހެއް ނަމަ ވަކިން ހާއްސަކޮށް މޫނުގެ ހަންގަޑަށް ސަމާލުވާން ޖެހެއެވެ.
މޫނު ދޮވުމަށް ބޭނުންކުރާ ސާމާނާއި ފޭސްކްލީނަރ ފޭސްކްރީމް ފަދަ ތަކެތި ގަންނަ އިރު އޮއިލީ ސްކިންއަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ތަކެތިބޭނުން ކުރަން ސަމާލުވާން ވާނެއެވެ. މީގެ އިރތުރުން ގިނަގިނައިން މޫނު ދޮވެން އެދެވިގެންވެއެވެ.
މިއަދު މި ހިއްސާކޮށްލަނީ މޫނު ތެޔޮވާނަމަ ގޭގައި ތައްޔާރުކޮށްގެން ބޭނުން ކޮށްލެވިދާނެ ކެމިކަލްފްރީ ޓާމެރިކް ފޭސް މާސްކް ތައްޔާރު ކުރާނެގޮތެވެ.
ޓާމެރިކް ފޭސް މާސްކް ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:
ރޯސްވޯޓަރ
1 ސައި ސަމުސާ ސޭންޑަލް ވުޑް ޕައުޑަރ
1 ސައި ސަމުސާ ޓާމެރިކް ޕައުޑަރ (ރީނދޫ)
ތައްޔާރު ކުރާނެގޮތް:
ޓާމެރިކް ޕައުޑަރ އަދި ސޭންޑަލް ވުޑް ޕައުޑަރ ރޯސްވޯޓަރ ފޮދެއްގައި އޮލަކޮށް ގިރާލާށެވެ. އެއަށް ފަހު މޫނުގައި އުނގުޅާފައި 15 ނުވަތަ 20 މިނެޓް ވަންދެން ބެހެއްޓުމަށް ފަހު ތާފެނާ ފެންފޮދަކުން މޫނު ދޮވެލާށެވެ. މި ފޭސް މާސްކް ހަފްތާއަކު 2 ފަހަރު ބޭނުންކުރުން އެދެވިގެންވެއެވެ.
ރީނދުލަކީ އޭގައި ވަރަށް ބާރުގަދަ އެންޓި-އިންފްލެމެންޓްރީ އެފެކްޓްސް ހިމެނޭ ބާވަތަކަށްވުމުން މިއީ ވަރަށް ވަރުގަދަ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ގަވާއިދުން ރީނދޫ ބޭނުންކުރާނަމަ ބަލިތަކުން ރައްކާތެރިކަން ހޯދައިދީ ޒުވާންކަންމަތީ ދެމިހުރުމަށް އެހީތެރިވެދެއެވެ.





