މާޅޮސްމަޑުލު ދެކުނުބުރީ ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ”ބާނި“ ހަރަކާތުގައި އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ފީނާ ރެކޯޑު ގާއިމްކުރުމުގެ ހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވިވެފައިވެއެވެ.
އެ ހަރަކާތަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ރެކޯޑް ގާއިމްކުރުމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ރާއްޖެއަށް ވަޑައިގެން ހުންނެވި މަންދޫބެވެ.
ބާނި އިވެންޓު ކުރިއަށް ގެންގޮސްފައި ވަނީ 13 ރަށަކާއި 15 ރިސޯޓެއްގެ ބައިވެރިވުމާ އެކުއެވެ.





