ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަން 2025 ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.
އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ފަން ރަންގައި ބައިވެރިވުމަށް އަންނަ މަހުގެ 14 ވާ ހުކުރު ދުވަހުގެ 23:59 ގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ޖާގަ ފުރުމުގެ ކުރިން މޫލީ އެޕް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އުރީދޫން އެދެއެވެ.
އުރީދޫން ބުނީ މި މަހުގެ 31 ގެ ނިޔަލަށް އިތުރު އަގަކާއި ނުލައި ފަން ކިޓްގެ ބިބް ކަސްޓަމައިޒް ކުރެވޭނެ ކަމަށެވެ.
ކޮންމެ އަހަރަކު އުރީދޫން ބާއްވަމުންދާ އުރީދޫ ފަން ރަންއަކީ އާންމުންގެ މެދުގައި މަގުބޫލު ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެ ހަރަކާތްތަކުގައި 6500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.





