ހައްދުންމަތީ ހިތަދޫއާއި އެއަތޮޅު ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ އަތޮޅުގެ ރަށްރަށަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި ލ. ހިތަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި އެ މަޝްރޫއުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
ހިތަދޫ-ކުނަހަންދޫ ކޯޒްވޭ ގާއިމްކުރުމުގެ މަސައްކަތް 81.2 މިލިޔަން ރުފިޔާ ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއި 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.




